ކ. މާލެ
|
27 ފެބްރުއަރީ 2018 | އަންގާރަ 11:40
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ބީއެމްއެލް
ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލް ބުރާސްފަތި ދުވަހު ހުޅުވަނީ
ޓްރީޓޮޕް ހޮސްޕިޓަލަށް ދުނިޔޭގެ 34 ގައުމަކުން ޑޮކްޓަރުން ރެކްރޫޓް ކޮށްފައިވޭ

އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ހުޅުމާލޭގައި ހަދާފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް ބުރާސްފަތި ދުވަހު ހުޅުވަން ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ. ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގެ ތިރީސް ހާސް އަކަ މީޓަރުގެ ބިމެއްގައި ހަދާފައިވާ މި ހޮސްޕިޓަލަށް 110 މިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް، އެ ކުންފުނީގެ އެއް ޑިރެކްޓަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފު ވިދާޅުވި އެވެ. 

ޓްރީޓޮޕް ހޮސްޕިޓަލްގެ މެނޭޖްމަންޓުގެ ބައެއް ބޭފުޅުން

ޓްރީ ޓޮޕް ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފީފު ވިދާޅުވީ ބުރާސްފަތި ދުވަހު ހެނދުނު 8:00 ގައި ހޮސްޕިޓަލްގެ ހިދުމަތް ފަށާނެ ކަމަށެވެ.

ރާއްޖޭން ބޭރަށް ގޮސް ގިނަ ދުވަސްތަކުގައި ތިބެގެން ކުރަންޖެހޭ ހަރަދަށް ވުރެ ޓްރީ ޓޮޕްގެ ހިދުމަތް އަގުހެޔޮވެގެން ދާނެ ކަމަށާއި ރަށްރަށުން އަންނަ މީހުންނަށް ހޮސްޕިޓަލުން ކުއްޔަށްދޭ ކޮޓަރިތަކުގައި ތިބެވޭނެ ކަމަށް އަފީފު ވިދާޅުވި އެވެ. 

މި ހޮސްޕިޓަލުން އާސަންދަ ގަބޫލުކުރެ އެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލަށް ދުނިޔޭގެ 34 ގައުމަކުން ޑޮކްޓަރުން ރެކްރޫޓް ކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.  އޭގެ ތެރޭގައި ޔޫރަޕް، އޭޝިއާ އަދި ޔޫއެސްއޭގެ ޑޮކްޓަރުން ހިމެނެ އެވެ. އަދި އެ ހޮސްޕިޓަލުން ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. 

އަފީފު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލްގެ އަމާޒަކީ ހޮސްޕިޓަލްގެ ހުރިހާ ޑޮކްޓަރުންނަކީ ވެސް ދިވެހި ޑޮކްޓަރުންނަށް ހެދުމެވެ. 

މުޅި ހޮސްޕިޓަލަކީ ފަހުގެ ޓެކްނޮލޮޖީ އާއެކު "ފުލީ އޮޓޯމެޓިކު" ހޮސްޕިޓަލަކަށްވާއިރު މި ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ހުރެއެވެ. އެގޮތުން ދެ މީހަކަށް އެއްފަހަރާ ޚިދުމަތްދެވޭ 30 ކޮޓަރި އާއި އެކަކަށް ޚިދުމަތް ދެވޭ ގޮތަށް ހަދާފައިވާ 57 ކޮޓަރި އާއި ހަތަރު ޖޫނިއަރ ސުއިޓާއި، ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ހިމެނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ފެބްރުއަރީ 2018 | އަންގާރަ 07:04
ޑރ. ޖުނައިދު
އޮސްޓްރޭލިއާ އާއި މެލޭޝިއާގެ ގްރޫޕެއް ގުޅިގެން ހިންގަން އުޅޭތީ ކަމަކު ނުދެއެވެ. އެގްރޫޕްގެ މައި ކުންފުންޏަކީ މެލޭޝިއާ ގެ މެލޭޝިއާގެ ސައިމް ޑާބީ އެވެ. މެލޭޝިއާ އަކީ އަމުދުން ބޭސްވެރި ކަމުގެ ރޮނގުން އިންޑިއާ އާއިވެސް ކައިރިވެސް ކުރެވޭ ގައުމެއް ނޫނެވެ. ރިތީ ކޮށް އަޅާފައި ހުންނަ ހޮސްޕިޓަލް މެލޭޝިއާގައި ވެސް ހުރެއެވެ. އެކަމަކު ޑޮކްޓަރީ ގޮތުން ނުވަތަ މެޑިކަލް ސައެންސްގެ ރޮނގުން ވަރަށް ދަށް ތަނެއް. އީސްޓް އޭޝިއާ އިން ތައިލޭންޑާއި ސިންގަޕޫރު ގެ މެނޭޖްމެންޓެއް ގެނެސްގެން ނޫނީ ޓްރީ ޓޮޕުން ތިޔަ ބޯސްޓް ކުރާ ފެންވަރުގެ ސިއްޚީ ފަރުވާ ނުދެވޭނެ ކަމަށް ލިޔެ ސޮއި ކޮށް ދީފާ ނަމެވެ. ހީވާ ގޮތުން އެއް އަހަރު ތެރޭ މެނޭޖްމެންޓް ޖަރމަނީ ބަޔަކާ ނޫނީ ސިންގަޕޫރު ޕާޓީ އަކާއި ހަވާލު ކުރަން ޖެހޭނެއެވެ.