ކ. މާލެ
|
27 ފެބްރުއަރީ 2018 | އަންގާރަ 00:01
ހައްޔަރުކޮށްގެން ރައީސް މައުމޫން ދޫނިދޫއަށްގެންދަނީ
ހައްޔަރުކޮށްގެން ރައީސް މައުމޫން ދޫނިދޫއަށްގެންދަނީ
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާނަމަ އިތުރަށް ލަސްނުކޮށް ދައުވާކުރޭ، ކޯޓުގައި ބައްދަލުކުރާނަން: މައުމޫން ހަމީދު
މައުމޫނާއި ފާރިސް އާއި ނަދީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމުގެ ހެކި ލިބިފައިވާކަމަށް ފުލުހުން ބުނޭ
އެ ތިން ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް ރިޝްވަތު ދީފައިވާކަމުގެ ހެކި ހުރިކަމަށް ފުލުހުން ބުނޭ
ވަކީލުން ވިދާޅުވީ އެ ތިން ބޭފުޅުންނާ އެއްވެސް ސުވާލެއް މިހާތަނަށް ކޮށްފައިނުވާކަމަށް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަދި މުހައްމަދު ނަދީމާއި ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ އެ ބޭފުޅުންގެ މައްޗަށް ލަސްނުކޮށް ދައުވާކުރުމަށް އެބޭފުޅުންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ގޮވާލައްވައިފި އެވެ. 

 

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ރައީސް މައުމޫނާއި މެމްބަރު އަހުމަދު ފާރިސް އާއި ނަދީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން، ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. 

 

ފުލުހުންގެ އެ ވާހަކަތަކަށް އިޝާރާތްކުރައްވާ ޤާނޫނީ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ތިން ބޭފުޅުންގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ފުލުހުން ބުނާ އަޑު އިވިފައިވާ ކަމަށެވެ. އެހެންކަމުގައިވާނަމަ އިތުރަށް ލަސްކުރުމެއްނެތި އެ ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް މައުމޫން ހަމީދު ވަނީ ގޮވާލައްވާފަ އެވެ. އަދި ވިދާޅުވީ ދައުވާކުރުމުން ކޯޓުގައި ބައްދަލުކުރައްވާނެކަމަށެވެ. އޭގެއިތުރުން މައުމޫން ހަމީދު ވަނީ އެކަށީގެންވާ މިންވަރަށް ހެކި ހުރިކަމަށް ބުނާއިރު ދައުވާނުކޮށް ލަސްކުރަނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ. 

 

 

މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކުރިތާ 500 ގަޑިއިރުވެގެންދާއިރު، އެމަނިކުފާނާއި އެއްވެސް ސުވާލެއް ކުރައްވާފައިނުވާކަމަށެވެ. ހަމައެގޮތަށް ފާރިސާއި ނަދީމްއާ ވެސް ސުވާލު ކޮށްފައިނުވާކަމަށް ވަކީލް ވިދާޅުވި އެވެ. 

ފުލުހުންގެ ތަރުޖަމާން ޝިފާން ވިދާޅުވީ ރައީސް މައުމޫނާއި، ފާރިސް އަދި ނަދީމް އިސްވެ ތިއްބަވައިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދީގެން ވެރިކަން ވައްޓާލުމަށް ޖުލައި 24، 2017 ގައި މަސައްކަތް ކުރި ކަމުގެ ހެކި ވެސް އެބަހުރި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް