ކ. މާލެ
|
26 ފެބްރުއަރީ 2018 | ހޯމަ 12:36
ހުޅުމާލެ
ހުޅުމާލެ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލެ
ހުޅުމާލެ ފްލެޓްގެ ވައިގޮޅިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާގެ ހާލު ސީރިއަސް
ފަހުން އޭނާ ކޯމާއަކަށް ގޮސް، ފަރުވާ ދެމުންދިޔައީ އޭޑީކޭ ހޮސްޕިޓަލުން
ކަރަށާޢި ހަޑިގަނޑުގެ އެތަންމިތަނަށް އަނިޔާވެފައިވޭ

ހުޅުމާލެ ފްލެޓެއްގެ ވައިގޮޅިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ހުޅުމާލެ ފްލެޓެއްގެ ވައިގޮޅިއަކުން ވެއްޓުނު ބިދޭސީ އެ ފިރިހެން މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލަށް އޭނާ ގެންދިޔައީ އާދިއްތަ ދުވަހުގެ 11:40 އެހާކަން ހާއިރު އެވެ. 

އޭގެ ފަހުން އިތުރު ފަރުވާއަށް އާދިއްތަ ދުވަހުގެ 13:30 ހާއިރު އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުންދިޔަ އެވެ. އަދި އޭނާ އޮތީ ކޯމާއެއްގަ އެވެ.  

އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާ ވެއްޓުނީ ހުޅުމާލެ ފްލެޓް ނަމްބަރު 5 ގެ ހަތަރުވަނަ ފަންގިފިލާގެ ވައިގޮޅީގެ ތެރެއަށެވެ. 

އެންމެ ފުރަތަަމަ އޭނާއަށް ފަރުވާދިން ހުޅުމާލެ ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު އޭރުވެސް ސީރިއަސް ކަމަށެވެ. އަދި އޭނާގެ ކަރަށާއި ހަށިގަނޑުގެ އެކިތަންތަނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. 

އޭނާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މިދަނޑިވަޅުގައި ފުލުހުންގެ ފަރާތުން މައުލޫމާތު ލިބުމުގައި ވަނީ ވަރަށް ބޮޑަށް ހުރަސްތައް ކުރިމަތި ވެފައެވެ. އެހެންކަމުން އޭނާ މަރުވެފައިވާކަން ފުލުހުންގެ ފަރާތުން ކަށަވަރުވާ ގޮތްވަނީ ނުވެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް