ކ. މާލެ
|
26 ފެބްރުއަރީ 2018 | ހޯމަ 11:41
މ. ގޯނބިލިގަސްދޮށުގޭ، ޢަބްދުﷲ ސަލީމް ހޮސްޕިޓަލުގައި
މ. ގޯނބިލިގަސްދޮށުގޭ، ޢަބްދުﷲ ސަލީމް ހޮސްޕިޓަލުގައި
ޓްވިޓަރ
ފުލުހުންގެ އަނިޔާ
ޕެޕަރ ސްޕްރޭ ޖެހުމުން ކޯމާއަކަށް ދިޔަ އަބްދުﷲ ހޭއަރައިފި
ސަލީމަށް މިހާރު ވާހަކަދެއްކޭ
ހާލު އަންނަނީ ރަގަޅުވަމުން
އަދިވެސް ބާއްވާފައި އޮތީ އައިސީޔޫގައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި މ.ކުނޫޒު ސަރަހައްދުން ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ފިޓުޖެހި ހޭނެތުނު އަބްދުﷲ ހޭ އަރާފައިވާ ކަމަށާއި އޭނާގެ ހާލު ރަގަޅުވަމުންދާ ކަމަށް އާއިލާއިން ބުނެފި އެވެ.

ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ފިޓުޖެހި، ހޭނެތި, ކޯމާއަކަށް  ދާން ޖެހުނީ މ. ގޯނބިލިގަސްދޮށުގޭ، ޢަބްދުﷲ ސަލީމެވެ.

އަބްދުﷲ ގެ އާއިލާއިން ބުނީ އޭނާ ހޭ އަރާފައިވަނީ އިއްޔެ ކަމަށާއި އޭނާއަށް މިހާރު ވާހަކަ ދެއްކޭ ކަމަށެވެ. އަދި އަތްފައި ގުޑުވޭ ކަމަށާއި އައިސީޔޫ އިން ވަރަށް އަވަހަށް ނެރޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އަބްދުﷲ ކޯމާ އަކަށް ދިޔައީ އޭނާގެ ގަޔަށް ޕެޕާ ޖެހި ވަގުތު ފިޓު ޖެހިގެންނެވެ. އޭނާ އެރޭ ދެފަހަރެއްގެ މަތިން ފިޓު ޖެހުނު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެ އެވެ.

ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އަބްދުﷲގެ ކޯމާއަކަށް ގޮސްފައިވާއިރު ފުލުހުން އާންމުންގެ ލޮލަށާއި އަގަޔަށް ކައިރިން ޕެޕާ ސްޕްރޭ ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް