ކ. މާލެ
|
19 ފެބްރުއަރީ 2018 | ހޯމަ 19:06
ޕީޕީއެމްގެ އިސްވެރިން ތަކެއް: ޢަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ގޮތަކަށް ކަން ވާނެ ކަމަށް
ޕީޕީއެމްގެ އިސްވެރިން ތަކެއް: ޢަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ގޮތަކަށް ކަން ވާނެ ކަމަށް
މުހައްމަދު އަފްރާހު / ސަން އޮންލައިން
މަގޭ ރިޕޯޓް
ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން
 
ހިތުހުރި ގޮތަކަށް ޤާނޫން އަސާސީއެއް މާނައެއް ނުކުރެވޭނެ:ރިޔާޒް
 
ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަކަށް ކަން ކުރެވޭނެ
 
ޤަރާރު ފާސްވުމަކުން ނުވުމަކުން މައްސަލައެއް ނެތް

ޕައްޅަންބޭ ބުނީ މަށެއް ތިޔަކަމަކު ބުނާނޭ ހަމަ އެކައްޗެއްވެސް ނެތޭއެވެ. ކޮންމެ ގޮތަކަށް ކަން އޮތަސް ކަލޭ ހަދާނީ ހަމަ ހަދާނެ އެއްޗެއް ވިއްޔާއޭ އެވެ. އޭނާގެ އެވާހަކައަށް މިއަދު ވަރަށް ބޮޑަށް ވިސްނާލައިފީމެވެ. ނުކިޔަވާހުރި ސޮރަކަށް ވީތީ އެއީ މާ އާރުލާ އެއްޗަކަށް ނުވިއަސް އެއީ ވާ ހަޤީގީ އެއްޗެއްކަން މިއަދު ޤަބޫލް ކުރެވިއްޖެއެވެ.

މިއަދު ދިވެހިރާއްޖެއިން ވެސް މިފެންނަނީ އެޙަޤީގަތެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހެއް ހަދައިގެން އެތައް ބަޔަކު ރެއާ ދުވާލު ތިބެގެން ހެދި މޮޅު ޤާނޫން އަސާސީއެއް އެބައޮތެވެ. ކަންކުރާންވީ ގޮތްތައް ކިތައްމެހާވެސް ރަނގަޅަކަށް އެޤާނޫން އަސާސީގައި އެބައޮތެވެ. އެއީ މިހާރުގެ އެއްކޮޅާ އިދިކޮޅުވެސް އެމަޖިލީހުގައި ތިބެގެން ރުހި ޤަބޫލުވެގެން ހެދި ޤާނޫން އަސާސީއެކެވެ. މާއްދާތައް ހުށަހެޅި ކޮށާނެ ވަރަކަށް ކޮށައި، މަށާނެ ވަރަކަށް މަށައިގެން ހެދި ޤާނޫނު އަސާސީއެކެވެ. އެދުސްތޫރުން ކަނޑައެޅި އެންމެ ބޮޑު ކަންކަމަކީ ދައުލަތް ހިންގާނީ ތަފާތު 3 ބާރެއްގެ މައްޗަށް ކަމަށެވެ. އެއްބާރު އަނެއް ބާރަކަށް ނުފޫޒެއް ނުފޯރުވޭނެ ކަމެވެ. އެޤާނޫން އަސާސީން ވަނީ މިނިވަން މުއައްސަސާތަކެއް ކަނޑައަޅާފައެވެ. ނުފޫޒެއް ނެތި އަމިއްލަ ބާރުގައި ޤާނޫން އަސާސީއާ އެއްގޮތައް ހިންގުމަށެވެ. މިހާރުގެ ގޮތައް މިކިޔާ ޗެކް އެންޑް ބެލެންސްގެ ނިޒާމުންނެވެ.

އެމައްޗަށް ހަދާފައިވާ ޤާނޫން ތަކަކީ ކަންކުރާން ފަސޭހައަށް އެޤާނޫން އަސާސީގެ ތަރަހައިގެ ތެރެއިން ހަދާފައިވާ ޤާނޫން ތަކެކެވެ. މީހަކަށް ހިތުހުރި ގޮތަކަށް ކަންކުރާން ޖާގަ ނުދިނުމަށެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރަކަށް އުޅުއްވި ރިޔާޒް ރަޝީދު އެވިދާޅުވަނީ އެވާހަކައެވެ. މިއަދު ބާރު އޮތް ސަރުކާރު ފަޅީގައި ހުންނަވައިގެން ވެސް އެޕާޓީގެ މެންބަރުންނަށް ރިޔާޒް އެވާހަކަތައް ހަނދާން ކޮށްދީތީ ޝުކުރު އަދާ ކުރަމެވެ.

މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިންގެ ރިވެތި އާދަކާދަ ތަކުގައިވެސް ހުރީ އެގޮތެވެ. ދިވެހިން ޤަބޫލް ކުރަމުން އައީވެސް އެގޮތްފޮތެވެ. އެކަމަކު އެއީ ދާދި މިދާކަށް ދުވަހާ ހަމައަށެވެ. މިހާރު މިއޮތީ އެފުށް މިފުށަށް ޖެހިފައެވެ. ބަޔަކު ހިތަށް އެރިހާ ގޮތަކަށް އުޅެމުން ދަނީކީ އޭގެ ހެޔޮގޮތް ނެތީތީއެއް ނޫނެވެ. ކަންކުރާން ޖެހޭ ގޮތްތައް އެބަހުއްޓެވެ. އެއީކީ ތިމާޔަށް ފަހިވާ ގޮތައް މާނަކޮށްގެން ނިންމާލެވޭވަރަށް ވުރެ ސާފުކޮށް ހުރި އުސޫލު ތަކެކެވެ. ޤާނޫން އަސާސީއާ އެއްގޮތަށް ކޮންމެ މީހަކުވެސް ކަންކުރާން ޖެހެއެވެ. އެއީ ޕައްޅަންބެއެއް އައްމަކަޅޭއެއް އަދި ޔާމީނެއް އަދުރޭއެއް އިސްތިސްނާ ވުމެއް ނެތިއެވެ. މަޖިލީހުން ނިންމާ  ނިންމުމަކީ އެޤާނޫން އަސާސީގެ ހުދޫދުގެ ތެރެއިން ނިންމާ ނިންމުން ތަކެކެވެ. އެމަޖިލީހުގެ މެޖޯރިޓީ އޮތީމާ އޭރު ނިންމި ނިންމުންތައް ބަރާބަރުވެފައި އެމަޖިލީހުގެ މެޖޯރިޓީ ގެއްލުނީމާ އެތަނުގައި ބޮޑު ތަޅު އެޅުވުމަކީ މާތް ﷲ ގަންދީ ކުރި ހުވަޔާ ޚިލާފް ކަމެކެވެ. އެންމެ މަތީ ކޯޓުން ނިންމި ނިންމުން ތިމާ ކޮޅަށް ނުނިމުނީމާ އެއަށް ބޯ ނުލެނބުން އެއީކީ ގަޓް ހުރުމެއްވެސް ނުމެ ނޫންމެއެވެ. ރައްޔިތުންގެ ތާއީދެއް ނެތަސް ކަނޑިއާއި ބަޑީގެ ބާރުގައި ހަންމުށި އަޅައިގެން ތަޚުތުގައި އިނުމަކީ އަދި މޮޅު ކަމެއް ނޫނެވެ. އެއީކީ ޤާނޫން އަސާސީގެ އުނިކަމެއް ވެސް ނުމެ ނޫންމެއެވެ. އެއީ ބައެއްގެ ގޮތެއް ފޮތެއް ނެތުމެވެ. އުޑެއްބުޑެއް ނުދަނެ ދުނިޔެ އޮތީތީ ތެޅުމޭވެސް ބައެއް މީހުން ބުނެއުޅެއެވެ. ކަށިނެތް ދުލެއް އޮތިއްޔާ ކޮންމެ ވާހަކައެއްވެސް ދެއްކިދާނެއޭ ވެސް އެބުނަނީ ހަމަ އެހެންވެގެންނެވެ.

އެކަމަކު މިއަދު މިހާމަވީ ހަމަ ޙަޤީގަތެވެ. ކިތައްމެ ނުބުނާން އުޅުނަސް މިއަދު ތިޔައޮތީ އަމިއްލައަށް ފަޅާ އަރުވާލާފައެވެ. ކޮންމެހެން ބުޅާ ގޯނިން ބޭރުވީކީ ނޫނެވެ. މަތިމައްޗަށް ބާރުލިބި އޭގެ މޮޅައިގެން ނުދައްކާންހުރި ވާހަކަތައް ތިޔައޮތީ އަމިއްލައަށް ބޭޒާރު ކޮށްލާފައެވެ. ޢަބްދުއް ރަހީމެއް ކަމަކު ތިޔަ ވިދާޅުވީ ހަމަ ކަން އޮތްގޮތެވެ. ކަނޑު ނޫނަސް މިތަނުގައި ހިންގަނީ ތިޔަ ވިދާޅުވި ގޮތެވެ.

"މި ޤަރާރު މަޖިލީހުން ފާސްކުރުން ނުކުރުން އެއީކީ މި ޤައުމުގަ މިއޮތް ހާލަތައް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން. މިފާސްކުރިއަސް ނުކުރިއަސް ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅު ކަމެއް ކުރައްވާނެ" ޢަބްދުއް ރަހީމް ވިދާޅުވިއެވެ.

ތިޔައީކީ އޮޅިފައި އޮތް ކަމެއް ނޫނެވެ. މައްސަލައަކީ ހަމައެންމެ މައްސަލައެކެވެ. ރެއާ ދުވާލު ޓީވީތަކަށް އަރުއްވައިގެން ޤާނޫން އަސާސީއޭ ޤާނޫނޭ، މަގެ ދީނޭ މަގެ ޤައުމޭ ކިޔައިގެން ތިޔަ ޖަހާ ސަކަރާތެވެ.

ކޮންމެ އަކަސް ކަން އޮތީ ޢަބްދުއް ރަހީމް ވެސް އެ ވިދާޅުވާ ގޮތަށެވެ. އެކަމަކާ ދެބަސްވާނޭ ހަމަ އެކަކުވެސް މި އުޑު ބަޅުކުރި ހިސާބަކު ނެތެވެ. އެކަން ޤަބޫލް ނުކުރާނޭ ބޯމައްޗަށް ހުރި އެންމެ މީހަކުވެސް މި ފަސްގަނޑަކު ނެތެވެ. ކަންކުރާން ތިބި މީހުން އަދި ކަންކުރާ މީހުން ތިޔަބުނީ ބޮޑު ތެދެކެވެ. އުފާވަނީ ތިޔަބޭފުޅުން ތިޔަ ވާހަކަ ވިދާޅުވީތީއެވެ. މަހަމަ ބުނެލާނީ އެންމެ އެއްޗެކެވެ. މަގު ހިނގާއިރު މީހުން ފޮށާ އަނދެ އުޅެނީ ފޮރުވަން އެކަނިކަމެވެ. އެއީ ހަމައެކަނި ރީއްޗަކަށް ކުރާކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
65%
4%
4%
4%
22%
ކޮމެންޓް