ކ. މާލެ
|
13 ފެބްރުއަރީ 2018 | އަންގާރަ 21:03
ޕީޕީއެމުން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ރައީސް ޔާމީންގެ އަނބިކަބަލުން މެޑަމް ފާތުން
ޕީޕީއެމުން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ރައީސް ޔާމީންގެ އަނބިކަބަލުން މެޑަމް ފާތުން
ފޭސްބުކް
ޕީޕީއެމް މެމްބަރުން
ޕީޕީއެމް ޕްރޮމޯޓްކުރާ ޓްވީޓާ އެކައުންޓްތަކެއް ސަސްޕެންޑްކޮށްފި
ސަސްޕެންޑް ކޮށްފައިވާ އެކައުންޓްތަކުގެ ތެރޭގައި "އަސުރުމާ" އަދި "އަމާޒު ޔަގީން" ހިމެނޭ
ޕީޕީއެމްގެ ސޯސަލް މީޑިއާގެ އެކްޓްވިސްޓުންގެ އެކައުންޓްތަކެއް ވެސް ވަނީ ސަސްޕެންޑްކޮށްފަ
ރައީސްގެ އަނބިކަބަލުން މެޑަމް ފާތުންގެ ޓްވީޓާ އެކައުންޓްގެ ވެސް ވަނީ ސަސްޕެންޑް ކޮށްފަ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓްވީޓާ އެކައުންޓާއި ޕީޕީއެމްގެ ސިޔާސަތުތައް ޕްރޮމޯޓް ކުރާ ބައެއް އެކައުންޓުތައް ސަސްޕެންޑް ކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ޕްރޮމޯޓް ކުރާ މި ޓްވީޓާ އެކައުންޓުތައް ސަސްޕެންޑްކޮށްފައި ވަނީ އަންގާރަ ދުވަހުގައެވެ. ސަސްޕެންޑް ކުރި ޕީޕީއެމްގެ ޓްވީޓާ އެކައުންޓުތަކުގެ ތެރޭގައި "އަސުރުމާ" އަދި "އަމާޒު ޔަގީން" ހިމެނެއެވެ. އެހެން ނަމަވެސް މި އެކައުންޓްތައް ސަސްޕެންޑް ކުރީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ނޭނގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ސޯސަލް މީޑިއާގެ ގިނަ އެކްޓިވިސްޓުންގެ ޓްވީޓާ އެކައުންޓުތައް ވެސް ވަނީ އަންގާރަ ދުވަހުގެ ރޭ ސަސްޕެންޑް ކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ހުޅުމާލެ ޒުވާނުންގެ ގޮފީގައި އިސްކޮށް އުޅުއްވާ ޒައިދުލް އަމީންގެ ޓްވިޓާ އެކައުންޓު ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް