ކ. މާލެ
|
13 ފެބްރުއަރީ 2018 | އަންގާރަ 17:01
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރާއްޖެ އެމްވީ
އަދީބުގެ ސިއްހީ ހާލަތު
އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، ހޭނެތިގެން މިއަދު ވެއްޓުނު: މޫސާ ސިރާޖު
އަދީބު ހޭނެތިގެން ގޮޅި ތެރެއަށް ވެއްޓިފައިވޭ
އަދީބުގެ ސިއްހީ ހާލުކޮޅާ ގުޅިގެން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ކަރެކްޝަނުން ބުނޭ
އަދީބުގެ އާއިލާ އިން ދަނީ އަދީބާ މެދު އަމަލު ކުރައްވާ ގޮތުން ކަންބޮޑުވުންފާޅު ކުރަމުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަ ކަމަށާއި ޖަލު ގޮޅި ތެރަށް ހޭނެތިގެން ވެއްޓިފައިވާ ކަމަށް ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

މޫސާ ސިރާޖު ވިދާޅުވީ، އަދީމުގެ ވަކީލުންނާއެކު ބައްދަލު ކުރުމަށް ފުރުސަތު ދެވެންޖެހޭ ކަމަށާއި އަދީބުގެ ސިއްހީ ހާލަތު ވަރަށް ދެރަ ކަމަށެވެ.

އަދީބުގެ އާއިލާއިން މިކަން މިގޮތަށް ހާމަކޮށްފައިވާ އިރު އަދީބުގެ އާއިލާއިން ބުނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން އަދީބު ދޫކޮށްލުމަށް ޙުކުމްކޮށް ނެރުނު އަމުރު ނެރުމުގެ ކުރިން އަދީބު ލޮލުގެ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށާއި، އޭގެ ފަހުން މިހާތަނަށް އެމަނިކުފާނު ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށެވެ. އޭރު ލޮލުގެ ޑޮކްޓަރަކަށް ދެއްކުމުން އަދީބުގެ ލޮލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރުން ލޮލުގެ އޮޕްރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށްވެސް އަދީބުގެ އާއިލާއިން ވަނީ ބުނެފައެވެ.

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދޫނިދޫ ޑިޓެންޝަން ސެންޓަރުން މާފުށީ ޖަލަށް އަދީބު ބަދަލުކުރިކަން އާއިލާއަށް އެންގި ނަމަވެސް އޭގެ ފަހުން އަދީބުގެ ޚަބަރެއް ނުވާކަމަށް ބުނެ އަދީބުގެ ވަކީލުންގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާން ނެރުމައި ގުޅިގެން، ވަކީލުންގެ ބައްދަލުވުމަކާއި އާއިލީ ބައްދަލުވުމެއް އަދީބަށް ހަމަޖައްސައިދިން ނަމަވެސް، ކަރެކްޝަންސް އިން ފަހުން ވަނީ އެ ދެ ބައްދަލުވުންވެސް ކެންސަލް ކޮށްފައެވެ. އާއިލީ ބައްދަލުވުން ކެންސަލް ކުރުމާއި ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ އަދީބަށް ސިއްޙީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އަދީބް ދެކެން ބޭނުންވާކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދީބުގެ ގާނޫނީ ވަކީލު މިފަދަ ގޮތަކަށް ހާމަކޮށް ޓްވީޓްވެސް ކޮށްފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ކަރެކްޝަނުން ބުނީ އަދީބުގެ ސިއްހީ ހާލަތާއި ގުޅިގެން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި ވަކީލުންނަށްވެސް އޮންނަ އުސޫލުތަކުގެ ތެރެއިން އަދީބާ ބައްދަލުކުރެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް