ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 22:15
ާގާނޫނީ ވަކީލު ހުސައިން ޝަމީމް
ާގާނޫނީ ވަކީލު ހުސައިން ޝަމީމް
ރާއްޖެއެމްވީ
ރައީސް މައުމޫންގެ ހާލަތު
ރައީސް މައުމޫން ހުންނެވީ ހަމަ ގަދަކޮށް: ޝަމީމް
ރައީސް މައުމޫނާއި ދެ ގަޑިއިރު ވަންދެން ވާހަކަ ދެކެވުނު
ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި
ރައީސް މައުމޫންގެ ހާލުކޮޅު ރަގަޅު

ރައީސް މައުމޫން މިވަގުތުވެސް ހުންނެވީ ގަދަކޮށް ކަމަށް ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެެވެ.

ރައީސް މައުމޫނާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓްގައި ޝަމީމް ވަނީ " ރައީސް މައުމޫން ހުންނެވީ ހަމަ ގަދަކޮށް" މިފަދައިން ލިޔެފައިވާ ލިޔުން ކޮޅެއް ޓްވީޓްކޮށްފަ އެވެ.

ވަކީލު ޝަމީމު ވިދާޅުވީ ރައީސް މައުމޫނާއި ދެ ގަޑިއިރު ވަންދެން ވާހަކަ ދެއްކެވި ކަމަށާއި އެ ބައްދަލުވުމުގައި ވަރަށް ގިނަ ވާހަކަތަކެއް ހިއްސާކުރައްވާފައިވާ ކަމަށެވެ. މިފަދަ ޓްވީޓެއް ކުރެއްވީ، 

ރައީސް މައުމޫނާއެކު ދެކެވުނު ވާހަކަތައް ހާމަކުރެއްވުމަށްޓަކައި އަންގާރަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. 

ރައީސް މަޢުމޫންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިި ގޮތަކަށް ހުކުމް ނެރެ، މައްސަލަތައް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގެ އިތުރުން، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތު ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް