ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 20:01
ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދު
ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދު
މުހައްމަދު ޝަރުހާން
ރާއްޖެ-ޔޫއެން
ފަނޑިޔާރުން ހައްޔަރުން ހައްޔަރުކޮށް ގާނޫނުގެ ވެރިކަން ވަނީ ހިސޯރުކޮށްފައި: އޯއެޗްސީއެޗްއާރް
ފަނޑިޔާރުންތަކެއް ހައްޔަރުކުރުމުގެ ސަބަބުން ގާނޫނުގެ ވެރިކަމަށް (ރޫލް އޮފް ލޯ) ވެސް ހުރަސްއެޅިފައިވާ ކަމަށް އޯއެޗްސީއެޗްއާރް އިން ބުނޭ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އެހެން ފަނޑިޔާރަކު ހައްޔަރުކުރުމަކީ ފަނޑިޔާރު ގޭގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށާއި މިއީ ގާނޫނުގެ ވެރިކަން ހިސޯރުކުރުން ކަމަށް އދ.ގެ އިންސާނީ ހައްގުތަކާބެހޭ އިދާރާ ކަމަށްވާ އޯއެޗްސީއެޗްއާރް އިން ބުނެފިއެވެ.

އޯއެޗްސީއެޗްއާރް އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ސަލާމަތީ ޚިދުމަތްތަކުން "ސުޕްރީމް ކޯޓަށް ދިން ހަމަލާއަކީ އެ ކޯޓުގެ މިނިވަންކަމާއި އަދި ގާނޫނީ ގޮތުން އެ ކޯޓަށް މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް ހުރަސްއެޅުނު ކަމެއް ކަމަށާއި އަދި އަސާސީ ހައްގުތަކާއި އަދި މިނިވަންކަން ދިފާއުކުރުމަށްވެސް އެޅުނު ހުރަހެއް" ކަމަށެވެ.

މިމަހުގެ ފަހެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ސުޕްރީމް ކޯޓް ހިސޯރުކޮށް، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރީ ކޯޓްގެ ދޮރު ވައްޓާލައިގެން އެތެރެއަށް ވަދެ އެވެ. 

އޯއެޗްސީއެޗްއާރް ގެ ބަޔާނުގައި ބުނީ "ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަށްބަލާއިރު ގާނޫނުގެ ވެރިކަން އޮތީ ހިސޯރުކޮށްފައި ކަމަށާއި" އަދި ސަރުކާރުން ކޯޓުތަކަށް ފޯރުވާ ނުފޫޒު މިހާރުން މިހާރަށް ހުއްޓާލުމަށް އެދޭ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު ހައްޔަރު ކުރި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނެއެވެ.

ފުލުހުން ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން އަދި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުމުގެ ތުހުމަތެވެ. ރައީސް މައުމޫނަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް