ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 12:14
ފައިސަލް އާދަމް
ފައިސަލް އާދަމް
ފާތިމަތު ޝަނާ މުހައްމަދު
ކުއްލި ނުރައްކަލުގެ ހާލަތު
ޑީޖޭއޭގެ ތަރުޖަމާން ފައިސަލް ދޫކޮށްލައިފި
އޭނާ ދޫކޮށްލީ ރޭ ފަތިހު
ހައްޔަރު ކުރި ސަބަބެއް ފުލުހުން ނުބުނޭ

ފުލުހުން ހައްޔަރު ކުރި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަރުޖަމާން ފައިސަލް އާދަމް ދޫކޮށްލައިފިއެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ފައިސަލް ދޫކޮށްލާފައި ވަނީ ރޭ ފަތިހު އެވެ. ކޯޓު އަމުރަކާ ނުލައި ފައިސަލް ހައްޔަރުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ދޫކޮށްލާފައި ވަނީ ބަންދުގައި ހަތް ގަޑިއިރު ބެހެއްޓުމަށްފަހުއެވެ.

ފައިސަލް ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވާއިރު، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދި ކަމުގެ ތުހުމަތުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާގެ ކޮޓަރީގެ ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވެރިކަން ބަދަލު ކުރަން ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ވަނި ހައްޔަރު ކޮށްފައެވެ. އެ ބޭފުޅުންނަށް ރިޝްވަތު ދީގެން، ވަކިގޮތަކަށް ހުކުމް ކުރުމަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް