ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 11:03
ކުއްލި ހާލަތަށް ފަހު އަދީބާއި ބައްދަލުނުވާ ކަމަށް ވަކީލުން ވިދާޅުވޭ
ކުއްލި ހާލަތަށް ފަހު އަދީބާއި ބައްދަލުނުވާ ކަމަށް ވަކީލުން ވިދާޅުވޭ
ޓްވިޓަރ
އަހުމަދު އަދީބު
އަދީބުގެ ވަކީލުންނާއި ބައްދަލުކުރުމަށް މިއަދު އޮތް ބައްދަލުވުން ކަރެކްޝަންސް އިން ކެންސަލްކޮށްފި
ކުއްލި ހާލަތަށް ފަހު އަދީބާއި ބައްދަލުނުވާ ކަމަށް ވަކީލުން ވިދާޅުވޭ
ސުޕްރީމްކޯޓުގެ ހުކުމަކުން މިނިވަން ކުރުމަށް އަމުރުކުރި ސިޔާސީ ލީޑަރުންގެ ތެރޭގައި އަދިބުވެސް ހިމެނިވަޑައިގަަންނަވާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުންނާއި ބައްދަލު ކުރުމަށް މިއަދު އޮތް ބައްދަލުވުން ކަރެކްޝަންސް އިން ކެންސަލް ކޮށްފި އެވެ.

އަދީބު ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު އަދީބާއި ބައްދަލު ކުރެއްވުމަށް އޮތް ފުރުސަތު ކެންސަލް ކުރިކަން ކަރެކްޝަންސް އިން އަންގައިފި ކަމަށެވެ. އަދި ބައްދަލުވުމެއް ހަމަޖެއްސުމަށް ފަހު އެކަން ކެންސަލް ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ސިރާޖް ވިދާޅުވިއެވެ.

މި ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމްކޯޓުގެ ހުކުމަކުން މިނިވަން ކުރުމަށް އަމުރު ކުރި ސިޔާސީ ލީޑަރުންގެ ތެރޭގައި އަދިބު ވެސް ހިމެނިވަޑައިގަަންނަވައެވެ. ހުކުމާއިއެކު އަދި އަދީބު މިނިވަންކޮށް ލޯންޗަށް ވެސް އެރުވިކަމަށް ރައީސް ޔާމީން ދާދިފަހުން ވަނީ ވިދާޅުވެފައެެވެ.

ހުކުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އެ ހުކުމް ތަންފީޒު ނުކޮށް ދުވަސްތަކެއް ދިއުމަށް ފަހު، ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ހައްޔަރުކޮށް އެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ހައްޔަރު ނުކޮށް ތިއްބެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ރާއްޖޭގައި ކުއްލި ހާލަތު އިއުލާނު ކުރިފަހުން ވަކީލުންނަށާއި އާއިލާއަށް އަހުމަދު އަދީބާއި ބައްދަލު ނުކުރެވޭ ކަަމަށާއި އޭނާ ހުންނެވީ ކޮން ހާލެއްގައި ކަން ވެސް ނޭނގޭ ކަމަށް ވަކީލުން ވިދާޅުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް