ކ. މާލެ
|
11 ފެބްރުއަރީ 2018 | އާދީއްތަ 13:49
އަދިވެސް އެކިއެކި ސިޔާސީ ފަރާތްތައް ހައްޔަރުކުރަމުންދާތީ މެކްކިނަން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފަ
އަދިވެސް އެކިއެކި ސިޔާސީ ފަރާތްތައް ހައްޔަރުކުރަމުންދާތީ މެކްކިނަން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފަ
ރައީސް އޮފީސް
ކުއްލި ނުރައްކަލުގެ ހާލަތު
ސަރުކާރުން މި އުޅޭ ގޮތުން ރާއްޖެއަށް ހަމަޖެހުމާއި ކުރިއެރުން ލިބޭނެ ކަމަށް ނުދެކެން: މެކްކިނޮން
ކުރިއަށް ދެވެން އޮތް މަގަކީ މަޝްވަރާގެ މަގު
ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންޖެހޭ
ރައްޔިތުންނަށް އެ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ދޭންޖެހޭ

ދިވެހި ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ރާއްޖެއަށް ހަމަޖެހުމާއި، ޑިމޮކްރަސީއާއި ކުރިއެރުން ލިބޭނެ ކަމަށް ދެކިނުލައްވާ ކަމަށް، ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޭވިޑް މެކްކިނަން ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު މެކްކިނަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް ދެވެން އޮތް މަގަކީ މަޝްވަރާގެ މަގު ކަމަށާއި، ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް މަޝްވަރާ ކުރެވެންޖެހޭ ކަމަށެވެ. އަދި ދިވެހި ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ރާއްޖެއަށް ހަމަޖެހުމާއި، ޑިމޮކްރަސީއާއި ކުރިއެރުން ލިބޭނެ ކަމަށް ދެކިނުލައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މެކްކިނަންގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުން އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ރައްޔިތުންނަށް އެ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ދޭންޖެހޭ ކަމަށެވެ.

މީގެ އިތުރުން މެކްކިނަން ވަނީ ސަރުކާރުން އަދިވެސް އެކިއެކި ސިޔާސީ ފަރާތްތައް ހައްޔަރުކުރަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރާއްޖޭގެ ހާލަތާއިމެދު ބޭރުގެ އެކިއެކި ފަރާތްތަކުން ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، ގިނަ ޤައުމުތަކަކުން ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލައި، ޓްރެވަލް އެޑްވައިޒަރީތައްވެސް ނެރެފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް