ކ. މާލެ
|
11 ފެބްރުއަރީ 2018 | އާދީއްތަ 08:19
ގުޅިފައިވާ ޕާޓީތަކުގެ މަގުމަތީ ހަރަކާތުގެ ތެރެއިން--
ގުޅިފައިވާ ޕާޓީތަކުގެ މަގުމަތީ ހަރަކާތުގެ ތެރެއިން--
ރާއްޖެ އެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
ރާއްޖެޓީވީ ޕޯލް: އަސްކަރީ އެހީއާއެކު އިންޑިއާގެ މަންދޫބެއް ރާއްޖެ ގެންނަން ދިވެހިން ދެކޮޅު!
ވޯޓުގައި 9،800 އަށް ވުރެ ގިނަ މީހުން ބައިވެރިވި
ދެކޮޅު ހެދީ 70 ޕަސެންޓް މީހުން
އެއްކޮޅަށް ވޯޓު ދިނީ 28 ޕަސެންޓް މީހުން

ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިންނާއި ފަނޑިޔާރުން މިނިވަން ކުރުމަށް އިންޑިއާގެ އަސްކަރީ އެހީއާއެކު އެ ގައުމުގެ މަންދޫބެއް, ރާއްޖެ ފޮނުވަން ގިނަ ބަޔަކު ދެކޮޅުކަން "ރާއްޖެޓީވީ"އިން ނެގި ވޯޓުން އެނގިއްޖެ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ރާއްޖެޓީވީން ޓްވީޓާގައި ނެގި ޕޯލުގައި 9،800 އަށް ވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު، 70 ޕަސެންޓް މީހުން ބުނެފައި ވަނީ އިންޑިއާގެ އަސްކަރީ އެހީއާއެކު އެ ގައުމުގެ މަންދޫބެއް, ރާއްޖެ ފޮނުވަން ދެކޮޅު ހަދާ ކަމަށެވެ. ނަމަވެސް 28 ޕަސެންޓް މީހުން ވޯޓު ދީފައި ވަނީ އިންޑިއާގެ މަންދޫބެއް ރާއްޖެ ފޮނުވަން ތާއީދު ކުރާ ކަމަށެވެ. އެ ޕޯލުގައި ވަކި ކޮޅަކަށް ނުޖެހި ދެ ޕަސެންޓް މީހުން ވޯޓު ދީފައިވެއެވެ.

ރާއްޖެޓީވީން އެ ޕޯލު ހުޅުވާލީ ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ނަޝީދު ޓްވީޓު ކުރައްވާފައި ވަނީ ހައްޔަރުކޮށްފައިވާ ފަނޑިޔާރުންނާއި ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް މިލިޓަރީ އެހީއާއެކު އިންޑިއާގެ މަންދޫބެއް ރާއްޖެ އަންނަން ޖެހޭ ކަމަށާއި މި ހާލަތުގައި އިންޑިއާ އެކަމަށް ހާޒިރުވާންޖެހޭ ކަމަށެވެ.

ނަޝީދުގެ އެ ވާހަކަފުޅުތަކާ ގުޅިގެން، ކަންބޮޑުވުންފާޅުކޮށް ސަރުކާރު ހިންގާ ޕާޓީން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ނަަމަވެސް ގުޅިފައިވާ ޕާޓީތަކުން ބުނެފައި ވަނީ ސަރުކާރުން އުޅެނީ ނަޝީދު ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލައިގެން ކަމަށާއި ނަޝީދު އިޝާރާތް ކުރެއްވީ ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް މަޝްވަރާ ކުރުމަށް މަންދޫބެއް ފޮނުވުމަށް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނި ވަކީލު އަލީ ހުސައިން ވިދާޅުވީ ރާއްޖެއަށް ބޭރުގެ ލަޝްކަރެއް އަރައި ހަތިޔާރުގެ ބޭނުން ކުރަންޖެހޭ ފަދަ ހާލަތަކަށް ގައުމު ދިޔަ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން ދިވެހި ގައުމަށް، ބޭރުގެ ބަޔަކު ނުވަތަ ބޭރުގެ ލަޝްކަރެއް އަރައި ހަތިޔާރުގެ ބޭނުން ކުރަން ޖެހޭ ފަދަ ހާލަތަަކަށް ގައުމު ދިޔަ ކަމަކަށް، އަޅުގަނޑުމެން އެގޮތަކަށް ގަބޫލެއް ނުކުރަން،" އަލީ ހުސައިން ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް