ކ. މާލެ
|
11 ފެބްރުއަރީ 2018 | އާދީއްތަ 08:06
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ފޭސްބުކް
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ފުލުހުން ހުރަސް އެޅިނަމަވެސް، މުޒާހަރާގެ ބައިވެރިންގެ ހިތްވަރަށް ބަދަލެއް ނާދޭ!
އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައި
ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އެކަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ
އެއްވެސް މީހެއް ހައްުރުކޮށްފައެއް ނުވޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުމަށް ފުލުހުން ހުރަސް އަޅައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ބައިވެރިން އެމްޑީޕީ ހަރުގެ ކުރިމައްޗަށް ޖަމާނުވޭގޮތަށް އެސްއޯފުލުހުން ވަނީ އެސަރަހައްދު ބަންދު ކޮށްފައެވެ. އެހެން ނަވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމު ރައްޔިތުން އެކަމާއި ކަންބޮޑުވުން ފާޅުކުރުމުން ފުލުހުން ވަނީ އާންމު ރައްޔިތުން ކޮށްޕާ ފަހަތަށް ޖައްސާފައެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީގައި ބެރިކޭޓް ޖަހާ ބަންދުކޮށްފައި ވަނިކޮށް ގއ. ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސެއިން މުޒާހަރާގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނާއި އާންމު ރައްޔިތުންނާއި މެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ހަރުގެ ކުރިމަތީގައި ތިބި އާންމު ރައްޔިތުން ޢާޓިފިޝަލް ބީޗް އެތެރެއަށް ކޮއްޕާ ފަހަތަށް ޖެއްސުމުން، ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ އަހުމަދު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދުގައި ތިބި މަޖިލީސް މެބަރުން ކޮށްޕާ ފަހަތަށް ޖައްސާފައެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ދިވެހި ރާއްޖޭގެ ސްޕްރީމްކޯޓުން ނެރުނު އަމުރު ފުލުހުންނާއި ސިފައިން ވަރަށް އަވަހަށް ތަންފީޒު ކުރައްވާނެ މަންޒަރު ފެނިގެންދާނެ ކަމަށެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

މުޒާހާރާގެ ބައިވެރިން މަގުމައްޗަށް ނުކުތުމުން ފުލުހުންޕެޕާ ސްޕްރޭ ޖެހުމުން، އެކަމުގެ އަސަރު ދެމީހަކަށް ވަނީ ކޮށްފައެވެ.

މުޒާހަރާ ނިންމާލާފައި ވަނީ ފޯރިއާއި ޖޯޝާއެކީ ގައުމީ ލަވަޔަކުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް