ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 23:22
ޑރ. ޖަމީލް އާއި އިތުރު ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޑރ. ޖަމީލް އާއި އިތުރު ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ޖުމްހޫރީ ޕާޓީއާ ގުޅުނު ޑރ. ޖަމ
ޖުމްހޫރީ ޕާޓީއާ ގުޅުނީ ގާސިމް އަށް އަދުލުވެރި ވެރިކަމެއް ކުރެއްވޭނެތީ: ޑރ. ޖަމީލް
ވެރިކަމަކީ ރައްޔިތުންނަށް ވުރެ ބޮޑު އެއްޗަކަށް ހަދައިފި
ތަފާތު ކުރުމެއް ނެތި އަދުލުގެ ނިޒާމް ތަންފީޒު ކުރެވިގެން ދިޔަ ތަނެއް ނުފެނުނު
ކޯޓުތަކަށް ގޮންޖަހާ، ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މެމްބަރުންނަށް ހުރަސް އަޅާފައިވަނީ

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށް އަދުލުވެރި، އިންސާފުވެރި ވެރިކަމެއް ކުރެއްވޭނެ ކަމަށް ގަބޫލުފުޅުކުރައްވާތީ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީ އަށް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ މިހާރު ފެންނަނީ ރާއްޖެ އަކީ އެންމެ މީހެއްގެ އެއްޗަކަށް ވެފައިވާ ތަން ކަމަށާއި ވެރިކަމަކީ ރައްޔިތުންނަށް ވުރެ ބޮޑު އެއްޗަކަށް ހަދައިފި ކަމަށެވެ. އަދި މި ސަރުކާރަކީ ރައްޔިތުންނަށް އޮތް ތަކުލީފަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ އެކު މަސައްކަތްޕުޅު ކުރެއްވިއިރު އިގްތިސާދީ ހަމަހަމަކަން ރައްޔިތުންނަށް ގެނެސްދިނުމުގެ ވައުދުވި ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ވުޖޫދަށް އައިސް މަންޒަރު ބަދަލުވެދިޔަ ތަން ފެނުނު ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތު ކުރުމެއް ނެތި އަދުލުގެ ނިޒާމް ތަންފީޒު ކުރެވިގެން ދިޔަ ތަނެއް ނުފެނު ކަމަށާއި ސަރުކާރުން މިހާރު ވަކި ކަންތައްތަކަށް އަމާޒު ހިފާފައިވާ މަންޒަރު ފެންނަ ކަމަށެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ކޯޓުތަކަށް ގޮންޖަހާ، ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި މެމްބަރުންނަށް ހުރަސްއަޅާ، ސަލާމަތީ ބާރުތަކަށް ޣައިރުގާނޫނީ އަމުރުތައް ކުރާތަން މިއަދު މިފެންނަމުންދާ ކަމަށާއި ރައްޔިތުންނަށް މިއަދު ބޭނުންވަނީ އިންސާފުވެރިކަމާ، އޯގާތެރިކަމާއެކު ވެރިކަންކުރާނެ ވެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ގާސިމެވެ. އެއީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއް އާއި ގުޅިވަޑައިގަންނަވަން ގާސިމް ނިންމެވީ ރައްޔިތުންނަށް އަނިޔާވެރި ނުވުމަށާއި އަދުލުވެރިކަމާއި އިންސާވެރިކަމާއި ހަމަހަމަކަމާ އެކު ވެރިކަން ކުރާނެކަމުގެ އުއްމީދުގައެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު ތަކުލީފެއް މިއަދު އުފުއްލަވަނީ ގާސިމް ކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް