ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 13:22
ސްޓޭޓް އޮފް އިމަރޖެންސީ ހާލަތުގައި ފުލުހުންނާއި ސިފައިން މަގުމަތީގައި ހަރަކާތްތެރިވަނީ
ސްޓޭޓް އޮފް އިމަރޖެންސީ ހާލަތުގައި ފުލުހުންނާއި ސިފައިން މަގުމަތީގައި ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ޓްްރެވެލް އެޑްވައިޒަރީ
ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ސައުދީ އަަރަބިއްޔާ އިން ވެސް ގޮވާލައިފި
ރާއްޖެއަށް ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ
ސައުދީ ރައްޔިތުންނަށް އެމްބަސީއަށް ގުޅުމަށް ވަނީ ގޮވާލާފައި

ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ސައުދީ އަަރަބިއްޔާ އިން ގޮވާލައިފިއެވެ

ސައުދީ އިން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގައި ބުނެފައި ވަނީ، ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށާއި ރާއްޖޭގައި މިވަގުތު ތިބި، ހުރިހާ ފަރާތްތަކުން ވެސް ސައުދީ އެމްބަސީއަށް ގުޅުމަށް ވަނީ އެދިފައެވެ.

ސައުދީން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ އިރު ރާއްޖޭގެ ހާލަތު ސާފުކޮށްދެއްވުމަށް ހާއްސަ މަންދޫބެއްގެ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފައެވެ. މިނިސްޓަރު ވަނީ މިއަދު ރާއްޖެ ވަޑައިގެންފައެވެ. 

ސައުދީން މިހެން ހާމަކޮށްފައިވާ އިރު ގިނަ ގައުމުތަކަކުން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން، ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް އަންގާފައެވެ. އެގޮތުން ޗައިނާ އާއި ފްރާންސް، ކެނެޑާ، އެމެރިކާ އަދި ޖާމަނީ ފަދަ ގައުމުތަކުން ވެސް ވަނީ ރާއްޖެއަށް ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ގޮވާލައިއެވެ. 

ކުއްްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. އެދުވަހުން ފެށިގެން 15 ދުވަހަށް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް