ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 13:05
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު
ރާއްޖެ އެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާ މިއަދު ފުލުހުން ސުވާލުކުރަނީ!
ބަންދުގައި ހުންނަވާތާ މިއީ 4 ވަނަ ދުވަސް

ހައްޔަރުކޮށްފައި ހުންނަވާތާ ހަތަރު ދުވަސް ފަހުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި މިއަދު ފުލުހުން ސުވާލުކުރާނެކަން އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޙިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ޙިސާން ކުރެއްވި ޓްވީޓެއްގައިވަނީ "ޣައިރު ޤާނޫނީ ބަންދެއްގައި ހުންނަވާތާ 4 ދުވަސް ފަހުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާ ފުރަތަމަ ފަހަރަށް ސުވާލުކުރެވޭނެކަން ފުލުހުން ވަނީ އަންގާފައި،" ކަމަށެވެ. 

 

 

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ހައްޔަރުކޮށްފައި ވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމަށް ފަހުއެވެ. ކުއްލި ޙާލަތު އިއުލާންކުރުމަށް ފަހު ކޯޓު އަމުރަކާ ނުލައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި، ފަނޑިޔާރު އަލީ ޙަމީދާ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސުޕްރީމް ކޯޓު ތެރެއަށް ފުލުހުންނާއި ސިފައިން ގަދަކަމުން ވަނުމަށް ފަހުއެވެ. އަދި އަބްދުﷲ ސަޢީދު ހައްޔަރުކޮށްގެން ގެންދިޔައީ ބިންމަތީގައި ދަމާ ކޫއްތާފައި ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ. އެ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުން ވެސް އަދި ސިފައިން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ،

އެމަނިކުފާނާ ދެކޮޅަށް ރައީސް ޔާމީނާއި ފުލުހުން ވަނީ ބޮޑެތި ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރަން ޖެހުނީ ވެސް އުއްތަމަފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން ކަމަށް ދޭހަވާ ފަދަ ގޮތަކަށް ރައީސް ޔާމީން ވަނީ ވާހަކަ ދައްކަވާފައެވެ. 

ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން މިހާރު ވަނީ އަބްދުﷲ ސަޢީދާއި އަލީ ހަމީދު ސަސްޕެންޑްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް