ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 12:09
ރައީސް ނަޝީދު ޖެނީވާގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ރައީސް ނަޝީދު ޖެނީވާގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަންނަވަނީ
އެމަނިކުފާނު ވަޑައިގަންނަވަނީ ބެންގަލޫރަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ހަފްތާގައި އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތައް ބުނެފިއެވެ.

އިންޑިއާގެ 'ދަ ވަޔަރ' ނޫހުގައިވާ ގޮތުން މިމަހުގެ 17 އިން 18 އަށް ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަންނަވަނީ 'ދަ ހިންދޫ' ނޫހުން އިންތިޒާމްކުރާ އަދަބީ ފެސްޓިވަލެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެހެން ނަމަވެސް މިދަތުރުފުޅުގެ ތަފްޞީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މި ފެސްޓިވަލް އޮންނާނީ އިންޑިއާގެ ބެންގަލޫރުގައެވެ.

ރައީސް ނަޝީދު އިންޑިއާއަށް މި ވަޑައިގަންނަވަނީ ރާއްޖޭގެ މިހާރުގެ ހިނގަމުންދާ ކަންކަމަށް ހައްލެއް ހޯދައިދިނުމަށް މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އެޤައުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި މިމައްސަލައަށް ހައްލެއް ހޯދުމަށް އދ. ގެ ތެރެއިން ކުރެވޭނީ ކޮން ކަމެއްތޯ ބަލަމުންދާ ކަމަށް އިންޑިއާ އިން ދަނީ ބުނަމުންނެވެ. 

ރައީސް ނަޝީދު މިވަގުތު ހުންނެވީ އަވަށްޓެރި ސްރީލަންކާގައެވެ. އެމަނިކުފާނު އިނގިރޭސިވިލާތަށް ދިރިއުޅުއްވަން ބަދަލުކުރެއްވި ނަމަވެސް، ސްރީލަންކާއަށް އާއްމުކޮށް ވަޑައިގަން ސިޔާސީ މަސައްކަތްތައް ކުރައްވައެވެ. އަދި ބޭރަށް ވަޑައިގެންނެވި ފަހުން އިންޑިއާއަށް މީގެ ކުރިން ވެސް ވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް