ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 08:18
ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަނީ
ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަނީ
އަޝްވާ ފަހީމް
ފުލުހުންގެ މުއައްސަސާ
ހައްޔަރުކޮށްފައިވާ ފަރާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ފެތުމުގައި ޒިންމާދާރުވާންޖެހޭ: ފުލުހުން
މިފާއިތުވެދިޔަ ހަފްތާއެއްގެ ތެރޭގައި ދެ ފަނޑިޔާރުން ފުލުހުން ހައްޔަރުކޮށްފައިވޭ
ރައީސް މައުމޫން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި
މި މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން

ފުލުހުންގެ މުއައްސަސާގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށް ފުލުހުންގެ މުއައްސަސާ އިން ގޮވައިލައްވައިފިއެވެ.

ފުލުހުންގެ މުއައްސަސާ އިން މިފަދަ ގޮތަކަށް އާންމު ރައްޔިތުންނަށް ގޮވާލައްވާފައިވާ އިރު މިދުވަސްވަރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާ އާއި އެނޫން ގޮތް ގޮތަށް ވެސް ދަނީ މައުލޫމާތު ފަތުރަމުންނެވެ.

އެގޮތުން ހުކުރު ދުވަހު ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނިކޮށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެވުނު ވާހަކަތައް ވެސް ފެތުރިފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ ރިޕޯޓަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ވެސް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެފުރުސަތު އޮތްކަން ފާހަގަކުރައްވާ، އިމިގްރޭޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަންކަން ކުރުމަށް ބޭރުގެ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ޓުއަރިސްޓް ވިސާގައި ރާއްޖެ އަށް އެތެރެވި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އާތިޝް ރަވީ ޕަޓޭލް އާއި އިންޑިއާ ރައްޔިތެއް ކަމަށްވާ މަނީ ޝަރުމާ (އޭ.އެފް.ޕީގެ ދެ ރިޕޯޓަރުން) ޑީޕޯޓުކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް