ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 08:03
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަލީ ހުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަލީ ހުސައިން
ޕީޕަލް މެގަޒިން
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ރައީސްގެ އަމަލުފުޅުން ވަނީ ދައްކުވައިދެއްވާފައި: އަލީ ހުސެއިން
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ފުލުހުންނާއި ސިފައިން ލައްވާ ގަދަ ބާރުން ސުޕްރީމް ކޯޓަށް ވަންނަން
ރައްޔިތުން މަޖިލީހުގެ ގިނަ ބާރުތަކެއް ނިގުޅައިގަނެވުނު މަންޒަރު ފެނިގެންދިޔަ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަމަލުފުޅަށް ދައްކުވައިދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ އެމްޑީޕީ ހަރުގޭގައި ބޭއްވި ސިލްސިލާ މުޒާހާރާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ އެކި ޖަލްސާތައް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އިން ބާއްވަމުންގެންދާ މަންޒަރު ފެނިގެން ހިނގައްޖެ ކަމަށާއި އެކަމުން ވެސް ދައްކުވައިދެނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ ބަހުން އެމަނިކުފާނު އިއުތިރާފު ވެވަޑައިގަންނަވައިފި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ކީއްކުރައްވަންކަން. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ފުލުހުންނާއި ސިފައިން ލައްވާ ގަދަ ބާރުން ސުޕްރީމް ކޯޓަށް ވަދެ، ސުޕްރީމް ކޯޓުގެ ދޮރު ފަޅާލައި ސުޕްރީމް ކޯޓުގެ ޓިނު ނަގާ، ސުޕްރީމް ކޯޓުގެ ގަދަރު ނަގާލައި، އަދި ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ވަރަށް އިހާނެތިކޮށް ކަންތައްތައްކޮށް ދަމާ ކޫއްތާފައި ހައްޔަރުކުރަން. އެއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ސަބަބަކީ،" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ދިވެހި ސިފައިންނާއި ފުލުހުން ލައްވާ ޖަރީމާ ހިންގާ ޣައިރު ގާނޫނީ ގޮތުން މީހުން ހައްޔަރުކޮށް ރަހީނުކުރަން ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ސުޕްރީމް ކޯޓާއި ރައްޔިތުން މަޖިލީހުގެ ބާރުތަކަށް ރައީސް އަށް ބެހިވަޑައިނުގެންނެ ވޭނެކަން އަލީ ހުސެއިން ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ފެނިގެންދިޔައީ ރައްޔިތުން މަޖިލީހުގެ ގިނަ ބާރުތަކެއް ނިގުޅައިގަނެވުނު މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް