ކ. މާލެ
|
9 ފެބްރުއަރީ 2018 | ހުކުރު 03:39
ރާއްޖެޓީވީ - އިންޒާރުތަކާއި ގުޅިގެން ރާއްޖެޓީވީގެ އާންމު ކޮންޓެންޓު މެދުކަނޑާލުމަށް ވަނީ ނިންމާފައި
ރާއްޖެޓީވީ - އިންޒާރުތަކާއި ގުޅިގެން ރާއްޖެޓީވީގެ އާންމު ކޮންޓެންޓު މެދުކަނޑާލުމަށް ވަނީ ނިންމާފައި
އަޝްވާ ފަހީމް
ރާއްޖެޓީވީއަށް ބިރު ދެއްކުން
އިންޒާރުތަކާއި ގުޅިގެން ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް މެދުކަނޑާލުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި
މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ރާއްޖޭގައި ނެތް
ރާއްޖޭ ޓީވީގެ ނޫސްވެރިންނަށް ކަނޑަނޭޅި އިންޒާރު އަންނަނީ ލިބެމުން
ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވަނީ ރާއްޖެޓީވީ ބަންދުކުރާނެ ކަމަށް އިންޒާރުދީފައި

ރާއްޖެޓީވީގެ އާންމު ބްރޯޑްކާސްޓް މެދު ކަނޑާލުމާއި ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ގޮވާލައްވާފައިވަނީ ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް މެދުކަނޑާލުމާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރާއްޖޭގެ ޖުޑީޝިއަރީ އާއި އިދިކޮޅު ފަރާތްތަކުގައި ހިމެނޭ މުހިންމު ފަރާތްތައް ހިފާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއަށްފަހު މިހާރު ރައީސް ޔާމީން މަސައްކަތްކުރައްވަމުން ދަނީ މީޑިއާގެ މިނިވަންކަން ނަގާލުމަށް ކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައިވެއެވެ. އެމަނިކުފާނު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ހުރިހާ ފަރާތްތަކަށް ކަށަވަރުކޮށްދިނުމަށް ގޮވާލައްވާފަ އެވެ. 

ރާއްޖެޓީވީއިން އާންމު ކޮންޓެންޓް މެދުކަނޑާލާފައިވަނީ ބިރުވެރިކަމެއްނެތި ނޫސްވެރިންނަށް މަސައްކަތްކުރެވޭނެ މާހައުލެއް ރާއްޖޭގައި މިވަގުތު އޮތްކަމަށް ގަބޫލުނުކުރެވޭތީއާ ރާއްޖެޓީވީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެއްބާރުލުން ނުދެތީ ބްރޯޑްކާސްޓް މެދުކަނޑާލަން މަޖުބޫރުވުމުގެ ސަބަބުންނެވެ.

ރާއްޖެޓީވީއިން އާންމު ކޮންޓެންޓް މެދުކަނޑާލާފައިވާއިރު ސަރުކާރު ހިންގާ ފަރާތްތަކުން ވަނީ މެދުނުކެނޑި ދައުލަތުގެ މީޑިއާގައި ރާއްޖެޓީވީ ބަންދުކުރާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. ހަމައެހެންމެ ރާއްޖެޓީވީ ރޯކޮށްލުމަށާއި ރާއްޖެޓީވީގެ މުވައްޒަފުންނަށް ގެއްލުންދޭނެ ކަމަށް ބުނެ ރައީސް ޔާމީންއަށް ތާއިދުކުރާ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް