ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 22:30
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސް މައުމޫން އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން ހައްޔަރުކުރުން
ރައީީސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި
މައުމޫން މާފުށީ ޖަލަށް ބަދަލުކުރީ ބުރާސްފަތި ދުވަހުގެ ރޭ
ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ

ހައްޔަރުކޮށްފައިވާ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދޫނިދޫ އިން މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

ރައީސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި އެގޮތަށް އަމަލުކޮށްފައި ވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފަށް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ޖަލުތަކާއި ޕެރޯލް ގާނޫނަށް އަމަލު ކުރުން ބަންދު ނުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.  

މައުމޫން ހަމީދު މިހެން ވިދާޅުވި އިރު، މިނިސްޓްރީ އޮފް ހޯމް އެފެޔާޒް އިން ވަނީ ކ. މާފުށީ ޖަލުގައި ގާއިމްކޮށްފައިވާ ޔުނިޓް 13 އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެތަން ހިނގަމުންދާނީ ވެސް ކަރެކްޝަންސް ބެލުމުގެ ދަށުން ކަަމަށް ހޯމް މިނިސްޓްރީން ހާމަކުރެއެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުގައި، ތަފާތު ގިންތިތަކުގެ ގައިދީން ބަންދުކޮށް ބަލަހައްޓަން ޖެހޭނީ އެ ގިންތިއަކަށް ހާއްސަކުރެވިފައިވާ ޖަލެއްގައެވެ.

އެގޮތުން، ތަހުގީގަށް ބަންދުކުރެވޭ މީހުން ބަންދުކުރަންޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައެވެ. އަދި ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފެށި، ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ބަންދުކޮށްފައި ބައިތިއްބަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް