ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 21:17
125 ވަަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގެ ތެރެއިން
125 ވަަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގެ ތެރެއިން
އެމްއެންޑީއެފް
އެމްންޑީއެފް ބަޔާން
ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުންގެންދާނެ: ޑިފެންސް މިނިސްޓްރީ
ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ބައެއް ފަރާތްތަކުން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތާއި ކޮންޓެންޓް ހާމަކުރަމުންދޭ
ވަގުތުން ދުރަށް ފޮނުވަމުންގެންދާ ޕްރޮގްރާމްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ
ޤައުމުގެ އަމަންއަމާންކަން ގެއްލޭ ފަދަ މަޢުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް ނަޞޭޙަތްތެރިވެ އިންޒާރުދެން

ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝެނަލް ސެކިއުރިޓީން ބުނެފިއެވެ.
 

އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި މިވަގުތު އިއުލާން ކުރެވިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ބައެއް ފަރާތްތަކުން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތާއި ކޮންޓެންޓް ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތަފާތު ވަޞީލަތްތައް މެދުވެރިކޮށް ފަތުރާ މައުލޫމާތާއި ވަގުތުން ދުރަށް ފޮނުވަމުންގެންދާ ޕްރޮގްރާމްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ޤައުމުގެ އަމަންއަމާންކަން ގެއްލޭ ފަދަ ގޮތް ގޮތަށް، މައުލޫމާތު ފަތުރަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

 

ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލާޒިމުކުރާ ޤާނޫނީ ވާޖިބުތައް އަދާކުރުމަށްޓަކައި ޤައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނޭދެވޭ އަސަރުކޮށްފާނެ މަޢުލޫމާތާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ޤައުމުގެ އަމަންއަމާންކަން ގެއްލޭ ފަދަ މަޢުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް ނަޞޭޙަތްތެރިވެ ވަނީ އިންޒާރުދީފައެވެ.

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 237 ވަނަ މާއްދާ އާއި ސިފައިންގެ ޤާނޫނުގެ 2 ވަނަ މާއްދާ އާއި 7 ވަނަ މާއްދާ އާއި 8 ވަނަ މާއްދާގެ ދަށުން ދިވެހި އަސްކަރިއްޔާގެ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި ސިފައިން ދެމިތިބޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް