ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 13:40
ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު، ޑރ. މުޙައްމަދު ޝައިނީ
ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު، ޑރ. މުޙައްމަދު ޝައިނީ
މުހައްމަދު ޝަރުހާން
ޕާޓީތަކުގެ މަޝްވަރާ
ބަޣާވާތް ކުރަން އުޅުނު ކަމުގެ ހެކި ފުލުހުން ދައްކައިފި، ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލަން: މިނިސްޓަރ ޝައިނީ
އިދިކޮލު ޕާޓީތަކުން މި ދަނޑިވަޅުގައި ސަރުކާރާއި މަޝްވަރާ ކުރަން ބޭނުންވާނެ ކަމަށް ވިދާޅުވި
މިހާތަނަށް ކާމިޔާބުކަމާއިއެކު މަޝްވަރާތައް ކުރިއަށް ގެންދެވިފައެއް ނުވޭ
ސަރުކާރުން ޝަރުތެއްނެތި ބާއްވަން ބުނާ މަޝްވަރާތަކުގައި އެކި ފަހަރު އެކި ޝަރުތު!

އެކި ސަބަބުތަކާއި ހުރެ ކުރިއަށް ގެންދެވޭގޮތްގޮތްނުވެ، މިހާތަނަށް ހުއްޓިފައި އޮތް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ސަރުކާރުން ގޮވާލައިފިއެވެ.

މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން މިހާތަނަށް އިސްކޮށް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު، ޑރ. މުޙައްމަދު ޝައިނީ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް ގެންނަން އުޅުނު ބަޣާވަތުގެ ފަހަތުގައި ތިބި ފަރާތްތަކާއި ގުޅޭ ބައެއް ހެކި، ދިވެހި ފުލުހުން ހާމަކުރުމާއި ގުޅިގެން، އިދިކޮޅު ފަރާތްތަކުން ސަރުކާރާއި މަޝްވަރާކުރަން ބޭނުންވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ގޮވާލާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން މީގެ ކުރިން ވެސް އެކި ފަހަރުމަތިން ވަނީ ޕާޓީތަކުގެ މަޝްވަރާތަކަށް ގޮވާލާފައެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް މަޝްވަރާތައް ފެށުމާއިއެކު، ނުވަތަ ފެށުމުގެ ކުރިން ދެފަރާތުގައި ހިތްހަމަނުޖެހުން އުފެދި، މަޝަވަރާތަކަށް ހުރަސްއެޅެއެވެ.

އެގޮތުން އެންމެ ފަހުން ވެސް ސަރުކާރުން މަޝްވަރާއަށް ގޮވާލި ފަހަރު، މަޝްވަރާއަށް ގޮވައިލަނީ އެއްވެސް ޝަރުތަކާއި ނުލައި ކަމަށް އިޢުލާނުކުރުމަށް ފަހު، ޕާޓީތަކުން މަޝްވަރާތަކުގައި ބައިވެރިކުރަން ބޭނުންވާ މަންދޫބުންގެ ނަން ހާމަ ކުރުމާއިއެކު ސަރުޚާރުން ވަނީ އެކަން ބަލައި ނުގަންނާނެ ކަމަށްބުނެ، މަޝްވަރާތަކަށް ހުއްޓުމެއް ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް