ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 12:57
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
މުހައްމަދު ފަޒީން
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް، މިއީ ސަރުކާރުން ޖަރީމާ ހިންގުމަށް ކުރާކަމެއް: އިދިކޮޅު ޕާޓީތައް
ރައީސް ޔާމީން ގެންދަވަނީ ކޮންމެ ރެއަކު މީހުން އެއްކޮށްގެން ޖަލްސާތައް ބާއްވަމުން
އިދިކޮޅު ޕާޓީތަކަށް ޖަލްސާއެއް ބާއްވާކަށް އެއްވެލާކަށް ފުރުސަތެއް ނެތް
ސުޕްރީމް ކޯޓުގެ ހިފެހެއްޓި ބާރުތައް ވަނީ ދީފައި، މަޖިލީހަށް ކުއްލި ނުރައްކާ ހުށަހަޅާފައެއް ނުވޭ

ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިނަމަވެސް އެފަދަ ހާލަތެއް ރާއްޖެއަކު ނެތް ކަމަށާއި މިއީ ސަރުކާރުން ޖަރީމާތައް ހިންގުމަށް ކުރަމުންދާ ކަމެއް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ސަރުކާރު ހިންގާ ޕީޕީއެމުން ކޮންމެ ރެއަކު ޖަލްސާތައް ބާއްވަމުން އަންނައިރު އެޖަލްސާތަކުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ޖަލްސާތައް ބޭއްވުމަށް ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ފުރިހަމައަށް ލިބޭއިރު، އިދިކޮޅު ޕާޓީތަކުން ވެސް ކޮންމެ ރެއަކު ޖަލްސާތަކާއި އެއްވުންތައް ބާއްވާއިރު ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭތާނގައި ކުރަނީ ވެސް ޖެއްސުން ކަމަށް އަމީތު ވިދާޅުވި އެވެ.

މީގެއިތުރުން އަމީތު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ ވެސް ގާނޫނުއަސާސީއާ ހިލާފަށް ދައުލަތުގެ އަނެއް ދެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހާއި އަދުލްއިންސާފުގެ ބާރުގެ ފަހުބަސް ބުނާ ސުޕްރީމް ކޯޓު ހުއްޓުމަކަށް ގެނެސް ބައެއް އަސާސީ ހައްގުތައް ވެސް ހިފަހައްޓަައިގެން ކަމަށެވެ.

އަމީތު ވިދާޅު ސިޔާސީ ގޮތުން ޖަލަށްލާފައިވާ ބޭފުޅުން މިނިވަންކޮށް، އަލުން ޝަރީއަތް ހިންގަން ޕްރޮސެކިއުޓަރ ޖެނެރަލަށް ފުރުސަތު ލިބިދޭގޮތަށް ނެރެފައިވާ އަމުރާ ގުޅިގެން ދައުލަތުގެ ސަލާމަތީ ޚިދްމަތްތަކުގެ ސިފައިންނާއި ފުލުހުން ގަދަކަމުން ސުޕްރީމް ކޯޓަށް ވަދެ، ގަދަކަމުން ދަމާ ކޫއްތާފައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށް ފަހު، ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރެއް ބޭނުންވުމުން ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް ސުޕްރީމް ކޯޓު ހުއްޓުމަކަށް ގެނެސްފައިވާ ގެނައުން ނިމުމަކަށް ނެގެސްފައިވާ ކަމަށެވެ. އެގޮތުން މިހާރު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ނުހިމެނޭގޮތަށް ދެން ތިއްބެވި ތިން ފަނޑިޔާރުން އަމުރުތައް ނެރެރެމުންދާ ކަމަށެވެ.

އަމީތު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބާރުތައް ސުޕްރީމް ކޯޓަށް ދިންނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެކަމަށް ގޮތެއް ނިންމުމަށް ފޮނުވަން ޖެހޭއިރު މިހާތަނަށް އެކަން ކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތަކޭ ކިޔައިގެން ދިވެހި ސިފައިނާ ފުލުހުން މެދުވެރިކޮށް ހިންގަމުންދަނީ ބޮޑެތި ޖަރީމާތައް ކަމަށް އަމީތު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް