ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 12:01
ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އަދި މެންބަރު އިމްތިޔާޒް ފަޙުމީ
ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އަދި މެންބަރު އިމްތިޔާޒް ފަޙުމީ
ރާއްޖެއެމްވީ
މަރުގެ އިންޒާރު
ރައީސް ނަޝީދާއި، މެންބަރު އިންތިއަށް މަރުގެ އިންޒާރުދިން މައްސަލަ ތަޙުޤީޤުކޮށްދިނުމަށް އެދިއްޖެ
މި ދެބޭފުޅުންގެ އިތުރުންވެސް ބައެއް ފަރާތްތަކަށް މި އެކައުންޓުން މަރުގެ އިންޒާރު ދީފައިވޭ
އެ ހޭންޑްލްއަކީ ޕީޕީއެމްގެ "ދަރުބާރު ފެކްޝަނަށް" ތާޢީދު ކުރާ ބަޔަކު ހިންގާ ހޭންޑްލްއެއްކަމަށް ޤަބޫލުކުރެވޭ: އަމީތު
މައްސަލަ ފުލުހަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަޙުމީ (އިންތި) އަށް މަރުގެ އިންޒާރުދިން މައްސަލަ ތަޙުޤީޤު ކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅައިފިއެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވީ، ޓްވިޓަރ މެދުވެރިކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށާއި މެންބަރު އިންތިއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުން ކަމަށެވެ.

 

ރައީސް ނަޝީދާއި މެންބަރު އިންތިއަށް އިންޒާރު ދީފައިވާ ޓްވީޓް

އަމީތު ވިދާޅުވީ، އިންޒާރު ދީފައިވަނީ "ޔޫތްސް އިން އެލްކޭ" ގެ ނަމުގައި ހިންގާ ޓްވިޓަރ ހޭންޑްލް އަކުން ކަމަށެވެ. އަދި އެ ހޭންޑްލްއިން ކޮށްފައިވާ ޓްވީޓްތަކަށް ބަލާއިރު އެ ހޭންޑްލްއަކީ ޕީޕީއެމްގެ "ދަރުބާރު ފެކްޝަނަށް" ތާޢީދު ކުރާ މީހަކު ނުވަތަ ބަޔަކު ހިންގާ ހޭންޑްލްއެއް ކަމަށް ޤަބޫލުކުރެއްވޭ ކަމަށެވެ.

މި އެކައުންޓުން މަރުގެ އިންޒާރުދީފައިވާ އެހެން ފަރާތެއް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ޓްވިޓަރގައި އުޅޭ މީހުން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށާއި، ޓްވީޓަރއިން އެއްބާރުލުން ނުދޭ ކަމަށާއި، އެފަދަ މަޢުލޫމާތު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ފުލުހުން ބުނެފައިވާކަން އޭނާ ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް