ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 11:00
އަލީ ހަމީދު އައިޖީއެމްއެމް ހޮސްޕިޓަލްގައި
އަލީ ހަމީދު އައިޖީއެމްއެމް ހޮސްޕިޓަލްގައި
ރާއްޖެ އެމްވީ
ފަނޑިޔާރު އަލީ ހަމީދު
އަލީ ހަމީދުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން: އާއިލާ
އަލީ ހަމީދު އެޑްމިޓްކުރައްވާފައި އޮންނެވީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެގްޒެކެޓިވް ވޯޑްގައި

އަލީ ހަމީދުގެ ހާލުކޮޅު އަންނަނީ ރަނގަޅު ވަމުންކަމަށް އާއިލާއިން ބުނެފިއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އާއިލާގެ ގާތް ބޭފުޅަކު ވިދާޅުވީ، އޭނާގެ ހާލު ރަނަގަޅު ވަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް އާއިލާގެ އެއްވެސް ފާރާތަކުން އަލީ ހަމީދާއި ބައްދަލުނުކުރެވޭ ކަމަށެވެ.

"އަޅުގަނޑު މެންނަށްވެސް މައުލޫމާތު ލިބުނީ ވަރަށް ބޮޑަށް ޕްރެޝަރ މަތިވެގެންނޭ ގެނައީ، ދެން ހިތުގެ މައްސަލަ ވެސް ހުރޭ. ވަރަށް ކަންބޮޑުވޭ އާއިލާއަށް އެއްވެސް އެއްޗެއް ނާންގާތީ" އާއިލާއިން ބުންޏެވެ. ކުރިންވެސް ހިތުގެ އާލާސްކަންފުޅަކަށް އަލީ ހަމީދު ވަނީ އައިޖީއެމްއެޗުން ފަރުވާ ހޯއްދަވާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އަލީ ހަމީދު އެޑްމިޓްކުރައްވާފައި އޮންނެވީ އައިޖިއެމް ހޮސްޕިޓަލްގެ އެގްޒެކެޓިވް ވޯޑްގައެވެ.

 ފުލުހުން ހައްޔަރުކޮށްފައި ހުއްޓާ ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ސީރިއަސްވެ، އައިޖީއެމްއެޗުގައި ފަރުވާދޭން ފެށީ އަންގާރަދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު އަލީ ހަމީދު އައިޖީއެމްއެޗަށް ވައްދާފައި ވަނި އަށިގަނޑުގަ އެވެ. 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، ކޯޓު އަމުރަކާ ނުލައި ސުޕްރީމް ކޯޓަށް ވަދެ، ރާއްޖޭގެ އުއްތަމަަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީ ހޯމަ ދުވަހުގެ ރޭ މެންދަމުއެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް