ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 03:21
ރަައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު
ރަައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު
ޕީޕަލް މެގަޒިން
ސުޕްރީމް ކޯޓުގެ އަމުރު
އާޒިމާ ޝަކޫރު ރާއްޖޭގެ ގާނޫނީ ވަކީލުންނަށް ގޮން ޖައްސަވައިފި
ސުޕްރީމް ކޯޓަކަށްވެސް ގާނޫނަށްވުރެ މައްޗެއް ނުވެވޭނެ
ހުދޫދުގެ ތެރެއިން ކަންކަން ނުކުރާނަމަ ގާނޫނުގެ ބޭނުން ކެނޑޭނެ
ހުކުމެއްގައި ހުންނަ މީހެއްގެ މައްސަލަ އަލުން ދަށު ކޯޓަކުން ފެށޭނެ ގާނޫނީ ހަމައެއް ނޯންނާނެ

 ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ދުސްތޫރީ ހަމަތަކުގެ މަތިން ނެރުއްވާފައިވާ އަމުރެއްކަން ސާބިތުކޮށްދެވޭނެ ގާނޫނީ ވަކީލެއް ނުހުންނާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން ބުދަ ދުވަހުގެރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކެއް ސުޕްރީމް ކޯޓުން ވިޔަސް ބާތިލް ކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް ރާއްޖޭގެ ދުސްތޫރަކު ނޯންނާނެ ކަމަށާއި މިހާ ހިސާބަށް އައިއިރު އެއްވެސް ގާނޫނީ ވަކީލަކަށް މިކަން ގާނޫނީ ގޮތުން ދެއްކިފައި ނެތް ކަމަށެވެ. އަދި އެގޮތަށް ދެއްކިފައިނުވަނީ ގާނޫނުގައި އެގޮތަށް ނެތުމުން ކަމަށް އާޒިމާ ވިދާޅުވި އެވެ.

"ރާއްޖޭގެ ގާނޫނު އަސާސީގައި ކުށެއްގެ ހުކުމް ސުޕްރީމް ކޯޓުން ކޮށްފައި ކުށުގެ ހުކުމްގައި ހުންނަ މީހަކު އެހުކުމް ބާތިލް ކުރެވޭނެ ގާނޫނީ ހަމައެއް ނޯންނާނެ. ހުކުމެއްގައި ހުންނަ މީހެއްގެ މައްސަލަ އަލުން ދަށު ކޯޓަކުން ފެށޭނެ ގާނޫނީ ހަމައެއް ވެސް ނޯންނާނެ. މޮޅިއްޔާ ދައްކަވާ. މިވެނި މާއްދާ އެކޭ ދައްކަވާ. އެއްޗެއް ކިޔިދާނެ. މައިބަފައިންނާވެސް ބެހެވިދާނެ. ދަރިންނާވެސް ބެހެވިދާނެ. ގާނޫނު ދައްކަވާ. ގާނޫނުގެ ހަމަ ދައްކަވާ. އޭރުން އަޅުގަނޑުމެންނަށް ވުރެ މޮޅު ބަޔަކަށް ވެވޭނެ." އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިކަމުގައި ލަފާ ދެއްވާފައިވަނީ، ގާނޫނީ ދުސްތޫރުގެ ބޭރުން ކޮށްފައިވާ އަމުރަކަށްވާތީ ކަމަށެވެ. ސުޕްރީމް ކޯޓުގައި ތިއްބެވުމަކީ ގާނޫނުގެ ބޭރުން ކަންކަން ކުރެވޭނެ ގޮތެއް ނޫން ކަމަށާއި އެހެން މީހަކަށްވެސް އެގޮތަށް ކަންކަން ނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ އަށް ވަނަ މާއްދާގައި "ގާނޫނު އަސާސީ އަކީ ސިޔާދަތު ލިބިގެންވާ އެއްޗެއް ކަމަށް" ބަޔާންކޮށްފައިވާއިރު، ގާނޫނު އަސާސީގައި އެއްވެސް މީހަކަށް އަތެއް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެެވެ. އާޒިމާ ވިދާޅުވީ، ދައުލަތުގެ ބޮޑެތި ބާރުތަކާ ހަވާލުވެފައިވާ ފަރާތްތަކުން ދައުލަތަށް ތެދުވެރިވާން ޖެހޭ ކަމަށާއި ގާނޫނު އަސާސީ އެކުލަވާލެވުނުއިރު މިފަދަ ކިތަންމެ ކަމަކަށް ދޫދެވިފައިވާ ކަމަށެވެ.

އަދި ގާނޫނުގެ ހުދޫދުގެ ތެރެއިން ކަންކަން ނުކުރާ ކަމުގައިވާނަމަ، ގާނޫނެއް އޮތުމުގެ ބޭނުން ކެނޑޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް