ކ. މާލެ
|
7 ފެބްރުއަރީ 2018 | ބުދަ 22:15
މުއާޒު ހަލީމް
މުއާޒު ހަލީމް
ފޭސްބުކް
މެމްބަރު މަހްލޫފް
ސަރުކާރުގެ ކޯޑިނޭޓަރަކު މަހްލޫފް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފި
މުއާޒު ވިދާޅުވީ މަހްލޫފް މަރާލާނެކަމުގެ އިންޒާރު ދީފައި ނުވާނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މަރާލާނެ ކަމަށް ބުނެ، ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރު މުއާޒު ހަލީމު އިންޒާރު ދީފި އެވެ. 

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރ މުއާޒު ހަލީމު އޭނާގެ ފޯނުން މަހްލޫފްއަށް ގުޅާ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. މިޓްވީޓާއެކު މަހްލޫފް ވަނީ އެކަމުގެ މައުލޫމާތު ފުލުހުންނަށާއި ބައެއް މީޑިއާތަކަށް ހިއްސާކޮށްފަ އެވެ. 

 

މިކަމާ ގުޅޭގޮތުން މުއާޒުގެ ބަހެއް ހޯދުމަށް ގުޅާލުމުން މުއާޒު ވިދާޅުވީ މަހްލޫފް ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކާއި ގުޅިގެން ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މަހްލޫފަށް ގުޅުއްވި ކަމަށެވެ. ނަމަވެސް މަހްލޫފް މަރާލާނެ ކަމުގެ އިންޒާރު ދީފައިނުވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް