ކ. މާލެ
|
7 ފެބްރުއަރީ 2018 | ބުދަ 18:53
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
ރައީސް އޮފީސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން
ހައްޔަރުކޮށްފައިވާ ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ދޫކޮށްލުމަަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލައިފި
ރާއްޖޭގެ ހާލަތު ވަރަށް ކައިރިން ދަނީ ބަލަމުން
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން ހައްގުތަކަށް އަރައިނުގަތުމަށް ވަނީ އެދިފައި

ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ދޫކޮށްލުމަަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލައްވައިފި އެވެ.

 އެމްނެސްޓީ އިންޓަރނޭޝަނަލް އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަން ވަރަށް ސާފުކޮށް ކަންކަންވަމުންދާ ގޮތް ބަލަމުންދާ ކަމަށާއި ހުރިހާ ފަރާތްތަކެއްގެ އިންސާނީ ހައްގުތައް މިފަދަ ހާލަތްތަކުގައިވެސް ރައްކާ ކުރެވެންޖެހޭނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ ހައްގުތަކަށް އަރައިގަނެ އެކަމުން ރެކުމަށް ކަމަށާއި މިފަދަ ގޮތަކަށް ސަރުކާރުން އަމަލު ނުކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ދިވެހި ސަރުކާރަށް ގޮވާލައްވާފަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން މިގޮތަށް ހާމަކޮށްފައިވާ އިރު ސަރުކާރުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އެއަށް ފަހު ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށްފައެވެ. މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހުސައިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް