ކ. މާލެ
|
7 ފެބްރުއަރީ 2018 | ބުދަ 01:23
ފަނޑިޔާރު އަލީ ހަމީދު އައިޖީއެމްއެޗުގައި
ފަނޑިޔާރު އަލީ ހަމީދު އައިޖީއެމްއެޗުގައި
ރާއްޖެ އެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
ފަނޑިޔާރު އަލީ ހަމީދުގެ ހާލު ގޯސްވެ، އައިޖީއެމްއެޗުގައި ފަރުވާ ދެނީ
އަލީ ހަމީދު އައިޖީއެމްޗަށް ވެއްދީ އެނދުމަތިކޮށްގެން
ފުލުހުން ވަނީ އައިޖީއެމްއެޗުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައި
ފަރުވާ ދެނީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި

ފުލުހުން ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ސީރިއަސްވެ، އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.

އަލީ ހަމީދު އައިޖީއެމްއެޗަށް ގެންދިޔައީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:00 ޖެހި ފަހުންނެވެ. ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު އަލީ ހަމީދު އައިޖީއެމްއެޗަށް ވައްދާފައި ވަނި އެނދުމަތިކޮށްގެންނެވެ.

އަޑުފެތުރިފައިވާ ގޮތުގައި އަލީ ހަމީދަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނީ ހިތްޕުޅުގެ އާލަސްކަންފުޅެއްގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، ކޯޓު އަމުރަކާ ނުލައި ސުޕްރީމް ކޯޓަށް ވަދެ، ރާއްޖޭގެ އުއްތަމަަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީ ރޭ މެންދަމުއެވެ. އެ ދެ ބޭފުޅުން ހައްޔަރުކޮށްގެން އަރުވައިގެން ދިޔަ ލޯންޗު މާލެ ފަޅުން ފުރައިގެން ދިޔައީ އާދައިގެ ދުވެއްޔެއްގައެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ލޯންޗު މަޑުދުވެލީގައި ދުއްވާފައި ދިޔައީ އަލީ ހަމީދުގެ ހާލުކޮޅު ގޯސްވުމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް