ކ. މާލެ
|
6 ފެބްރުއަރީ 2018 | އަންގާރަ 23:24
ދިވެހި ރާއްޖޭގެ ހައި ކޯޓް
ދިވެހި ރާއްޖޭގެ ހައި ކޯޓް
މުހައްމަދު ޝަރުހާން
ހައި ކޯޓުގެ ހުކުމް
ހައި ކޯޓުގެ ދެކުނު ގޮތްފާއި އުތުރު ގޮފީގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނެސްފި
ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ފޮނުވުމުގެ ކަންކަން ކުރާނީ ޑީޖޭއޭ އިން
މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ވަފުދެއް އެކުލަވައިލަންޖެހޭ

ހައި ކޯޓުގެ ދެކުނު ގޮތްޕާއި އުތުރު ގޮފީގެ ހިންގުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ގަރާރުގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ވަނަ އިސްލާހުގެ ދަށުން ގައުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ދެ ސަރަހައްދުގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ ރާއްޖޭގެ އަދްލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށް ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވާ ކަންކަމުގެ ތެރެއިން ކަމަށެެވެ.

އެގޮތުން ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮތްފަށް ހުށަހެޅޭ މައްސަލަތައް އިދާރީ ގޮތުން ބަލައިގަނެ އެކަށީގެންވާ އަދަދެއްގެ މައްސަލަތައް ހައިކޯޓުގެ ގޮފިތަކަށް ހުށަހެޅުމުން އެ މައްސަލަތައް ބަލައި ނިޔާކަނޑައަޅާނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޝަރުއީ ވަފުދަކުން ކަމުގައި ބުނެފައި ވެއެވެ.

މި ގަރާގާ އެއްގޮތްވާ ގޮތުގެ މަތިން، އަމަލު ކުރުމުގެ ގޮތުން ހަމަޖައްސާދޭން ޖެހޭނީ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް ކުރިން ގެނައި އިސްލާހުގެ ދަށުން ހައި ކޯޓުގެ ދެކުނު އަދި އުތުރު ގޮފީ ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދެކުނު ގޮތްފި ނިސްބަތްވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް، ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނެވެ. އަދި އުތުރު ގޮފި ނިސްބަތްވަނީ އ. އަތޮޅާއި ހދ. އަތޮޅާއި ށ. ނ. ރ. އަދި ބ. އަތޮޅުގެ ރައްޔިތުންނެވެ.

މާލޭގައި ހުންނަ ހައިކޯޓަށް ހުށަހެޅޭނީ ހަމައެކަނި މާލެ، ވިލިމާލެ، ހުޅުމާލެ، ޅ. ކ. އއ. އދ. ވ. މ. ފ. ދ. ލ. މި އަތޮޅުތަކުގެ ކޯޓުތަކުން ނިންމާ ނިންމުންތަކެވެ.

ދެކުނު ގޮތްޕާއި އުތުރު ގޮފި ކަނޑައެޅި ނަމަވެސް މިހާތަނަށް ފަނޑިޔާރުން ކަނޑައަޅާފައި ވަނީ ދެކުނު ގޮތްޕަށް އެކަންޏެވެ. ދެކުނު ގޮފީގައި ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޝުޖާއު އުސްމާނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ސަމާހު
- ކޮމެންޓް