ކ. މާލެ
|
6 ފެބްރުއަރީ 2018 | އަންގާރަ 20:47
ވަކީލުން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ވަކީލުން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ވަކީލުން ސަސްޕެންޑް ކުރުން
ސަސްޕެންޑް ކޮށްފައިވާ ވަކީލުންގެ ތެރެއިން ހަތް ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި
ސަސްޕެންޑް ކޮށްފައިވާ ވަކީލުންގެ ތެރެއިން ހަތް ވަކީލެއްގެ ސަސްޕެންޝަން ވަނީ އުވާލާފައި

ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސަސްޕެންޑް ކޮށްފައިވާ ވަކީލުންގެ ތެރެއިން ހަތް ވަކީލެއްގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޑީޖޭއޭ އިން އަންގާރަ ދުވަހުގެ ރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި މަނާކުރެވުނު ގާނޫނީ ވަކީލުންގެ ތެރެއިން ވަކި ވަކީލުންތަކެއްގެ މައްސަލަ ބެލުމަށް ފަހު ދިވެހިރާއްޖޭގެ ގާނޫނީ ވަކީލެއްގެ ހަސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައިވާ ފަރާތްތައް ނޫން ކަމުގައެވެ.

ވަކާލާތު ކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންނަކީ

  1. ހުސްނުއްސުއޫދު
  2. މާރިޔާ އަހްމަދު ދީދީ
  3. އަލީ ހުސެއިން
  4. މަހްފޫޒް ސައީދު
  5. އަނަސް އަބްދުއްސައްތާރު
  6. އިމްތިޔާޒް ފަހުމީ
  7. ހަސަން ލަތީފް

އެ ވަކީލުންތައް ސަސްޕެންޑް ކޮށްފައި ވަނީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރުމުންނެވެ. އޭރު ވަނީ 54 ގާނޫނީ ވަކީލެއް ސަސްޕެންޑް ކޮށްފައެވެ. އެހެން ނަމަވެސް އެކި ފަހަރުގެ މަތިން ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން 43 ވަކީލެއްގެ ސަސްޕެންޝަން ވަނީ މިހާރު އުވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް