ކ. މާލެ
|
6 ފެބްރުއަރީ 2018 | އަންގާރަ 21:04
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
މުހައްމަދު ޝަރުހާން
ރޮޒެއިނާ އާދަމް
ފަނޑިޔާރުން ފްލެޓް ގަތްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގޮތަށް އަބްދުއްރަހީމް ވެސް ހައްޔަރު ކުރުމަށް ރޮޒެއިނާ ގޮވާލައްވައިފި
އަބްދުއްރަހީމް އާއި އަނބިކަނބަލުން ފްލްޓް ބައްލަވައިގެންފައި ވަނީ 9 މިލިއަން ރުފިޔާއަށް

ފަނޑިޔާރުން ފްލެޓް ގަތްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގޮތަށް އަބްދުއްރަހީމް ވެސް ހައްޔަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފުލުހުންނަށް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ފްލެޓް ބައްލަވައިގަނެފައިވާ ކަމަށް ވިދާޅުވެ، ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. އެ ދެ ފްލެޓް ބައްލަވައިގެންފައި ވަނީ 9 މިލިއަން ދިވެހި ރުފިޔާއަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވުމާ ގުޅޭ ގޮތުން އަންގާރަ ދުވަހު ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުންނާއި ދަރިކަލުންގެ ނަމުގައި ހުޅުމާލެ އިން ދެ ފްލެޓެއް ގަންނަން ހުށަހަޅާފައިވާ ކަމަށާއި އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ނަމުގައި ވެސް ފްލެޓެއް ގަންނަން ހުށަހަޅާފައިވާ ކަމަށެވެ. އެބޭފުޅުންނަށް ފްލެޓް ބައްލަވައިގަތުމުގެ މުއްސަނދިކަން ލިބިވަޑައިގަތީ ކިހިނެއްތޯ ސުވާލު އުފައްދަމުން ރައީސް ޔާމީން ވިދާޅުވީ އެ ލިބިވަޑައިގެންނެވި މުއްސަނދިކަމާއި ފަނޑިޔާރުންގެ ވިސްނުންފުޅަށް އައި ބަދަލާ އެއްވެސް ގުޅުމެއް ވޭތޯ ސަރުކާރުން ބަލަން ބޭނުންވާ ކަމަށެވެ.

ރޮޒެއިނާ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ އަބްދުއްރަހީމްގެ ދެކަނބަލުން ގަތް ފްލެޓް ތަހުގީގުކުރަންވީ ނޫންތޯ ފުލުހުންނާ ސުވާލުކުރައްވާފައެވެ. އޭނާގެ ޓްވީޓްގައި ވަނީ އަބްދުއްރަހީމްގެ ދެކަނބަލުން ފްލެޓް ބައްލަވައިގަތުމަށް ދައްކަންޖެހޭ ފައިސާ ހަލާސްކޮށް އެ ދެ ފަރާތަށް ފްލެޓް ރެޖިސްޓްރީ ބަދަލުކޮށް ދިނުމަށް ފޮނުވާފައިވާ ސިޓީ ވެސް އެޓޭޗް ކުރައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް