ކ. މާލެ
|
6 ފެބްރުއަރީ 2018 | އަންގާރަ 18:03
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު
ފޭސްބުކް
ކުއްލި ނުރައްކަލުގެ ހާލަތު
ރައީސް ޔާމީނަކީ މަހާތަމާ ގާނދީ ފަދަ ކެތްތެރި ހިކުމަތްތެރި ބޭފުޅެއް: ޑިފެންސް މިނިސްޓަރ
މިއީ އެ ބަގާވާތް ނާކާމިޔާބު ކޮށްލުމަށް ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅެއް
ބޭރު ދުނިޔެއާ އޮތީ ވަަރަށް ހަރުދަނާ ގުޅުމެއް ގާއިމް ކުރެވި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައި

ރައީސް ޔާމީނަކީ އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާނދީ ފަދަ ކެތްތެރި ހިކުމަތްތެރި ބޭފުޅެއް ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިވަގުތު ގައުމުގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ދައުލަތުގެ ޓީވީއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ދުސްތޫރީ މައްސަލައަކާ ގުޅިގެން އޮތް ހާލަތެއް ކަމަށާއި، މި ހާލަތުގައި އާއްމު ދިރިއުޅުމުގެ އެއްވެސް ކަމަކަށް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ރައްޔިތުން މިހާރު ވެސް ދިރިއުޅުން ގެންދަވާ ގޮަތަށް ކުރިއަށް ގެންދަވަން ވީކަމަށެވެ.

ގައުމުގެ ހަމަޖެހުމާއި މަސްލަހަތު ގާއިމު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށާއި، ރައްޔިތުރުން މި ވަގުތު އެންމެ ބޮޑަށް ބަލަން ވީ އެއްވެސް ވަރަކަށް ނުރައްކަލެއް ހިނގައިފާނެ ކަމަކުން ދުރުހެލިވެ ތިއްބެވުން ކަމަށް ވިދާޅުވިއެވެ.

މިއީ ބަޔަކު ސަރުކާރާ ދެކޮޅަށް ކުރި ބަޣާވާތެއް ކަމަށް ސިފަކުރައްވައި އާދަމް ޝަރީފް ވިދެާޅުވީ، މިގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ސަރުކާރުން އެޅުއްވީ ހިކުމަތްތެރި ފިޔަވަޅު ކަމަށެެވެ. އަދި މި ދަނޑިވަޅުގައި ރައީސް އެޅުއްވި މި ފިޔަވަޅަކީ އެ ބަގާވާތް ނާކާމިޔާބު ކޮށްލުމަށް ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބަޣާވާތް އެ ފެއިލް ވީ، ދައުލަތަށާއި ރައީސަށް ތާއީދު ކުރާ މީހުން އެދަނީ އެކަމާ އުފާ ފާޅުކުރައްވަމުން" އޭނާ ވިދާޅުވިއެެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ބޭރު ދުނިޔެއާ އޮތީ ވަަރަށް ހަރުދަނާ ގުޅުމެއް ގާއިމް ކުރެވި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައި ކަމަށާއި، މިއަދު ކަންބޮޑުވުން ފާޅު ކުރި ނަމަވެސް ކުރިން ތާއީދު ނުކުރާ ބޭރުގެ ފަރާތްތަކުން ވެސް މިއަދު އެދަނީ އެމަނިކުފާނުގެ ސަރުކާރަށް ތާއީދު ކުރަމުން ކަމަށް މިނިސްޓާރު ވިދާޅުވިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ވެސް އޭގެ އެންމެ ފުޅާ މިނުގައި ދީފައި އެވަނީ ބޭރުގެ ފަރާތްތަކަށް ވެސް މިކަމުގެ އެންމެ ސަައްޚަ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވަމުން ރާއްޖެއަށް ވަޑައިގަތުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

މިއަދު ސަލާމަތީ ބާރުތައް އޮތީ، ވަރަށް ބަދަހިކޮށް ކަމަށާއި، ރައީސް ޔާމީންގެ ޒައާމަތުގައި އެކި ކަހަލަ ބަޣާވާތް ކުރުމަށް އެކި ފަހަރު މަސައްކަތް ކުރި ނަމަވެސް މި ބަޣާވާތް ވެސް ފެއިލްކޮށްލުމުގައި ސަލާމަތީ ބާރުތައް އޮތީ ވަރަށް ސާބިތުކަމާ އެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބޭރުގެ ނުފޫޒު ވެއްދުމަށް މަސައްކަތް ކުރުމަކީ ގައުމަށްވާ ޚިޔާނާތެއް ކަމަށާއި، އެއީ ގައުމަށް ގައްދާރުވުން ކަމަށް އާދަމް ޝަރީފް އުމަރު ވަނީ ސިފަކުރައްވާފައެވެ.

މި ސިޔާސީ ކޮޅިގަނަޑުން ގައުމު ސަލާމަތްކޮށް، ސަލާމަތުގެ އައްސޭރިއަކަށް ވަރަށް އަވަހަށް ދަތުރު ކުރާނެކަމުގެ ޔަގީންކަށް ރައްޔިތުންނަށް ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް