ކ. މާލެ
|
6 ފެބްރުއަރީ 2018 | އަންގާރަ 18:24
ބާޒާރުމަތި
ބާޒާރުމަތި
މުހައްމަދު ޝަރުހާން
ތަކެތީގެ އަގުތައް
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ތަކެތީގެ އަގުތައް ބޮޑުވުން އެކަށީގެންވޭ: ވިޔަފާރިވެރިން
ފިޔާ އަދި އަލުއި ގެ އަގު އުފުލިދާނެ
އިންޑިޔާ އިން ތަކެތި ގެނައުމަށް ދަތިވެދާނެ

ސަރުކާރުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އާންމުކޮށް އިމްޕޯޓް ކުރާ ބާވަތްތަކުގެ އަގުތައް ބޮޑުވެފައިވާ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެފިއެވެ.

މާލޭގެ ބާޒާރުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ، ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅިގެން އަގުތައް ކުރިއަށް އޮތްތަނުގައި ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެންމެ ބޮޑަށް ބަދަލު އަންނާނެ ކަމަށް ބެލެވެނީ ފިޔާ، އަލުއި ފަދަ ބާވަތްތަކުގެ އަގުތަކަށް ކަމަށެވެ.

" އަގުތައް ބޮޑު ވާނެ ކަމަށް ބެލެވެނީ އިންޑިއާއިން އަންނަ ބާވަތްތައް. ރާއްޖޭގެ މިހާލަތާ ގުޅިގެން ތަކެތީގެ މާކެޓަށް އަސަރު ކުރާނެ ކަމަށް ބެލެވޭ. މިއީ ވުން ވަރަށް ގާތްކަމެއް." ވިޔަފާރިވެރިޔަކު ބުންޏެވެ.

އިތުރު ވިޔަފާރިވެރިއަކު ބުނީ، ތަކެތީގެ އަގުތަކަށް ގާތްގަނޑަކަށް 10ރ. އާއި 20ރ. އާއި ދެމެދުގެ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބައެއް ވިޔަފާރި ވެރިން ބުނީ، އާންމުކޮށް މާކެޓުގައި ބޭނުންކުރާ ތަކެތީގެ އަގުތަކަށް މާބޮޑު ބަދަލެއް ފެންނާނެ ކަމަށް ނުފެންނަ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ މަސްރަހަށް އަންނަ ބަދަލު ނޫން ނަމަވެސް، އެހެން ބަދަލަކުން ވެސް ތަކެތީގެ އަގުތަކަށް އަސަރު ކުރާނެ ކަމަށެވެ.

 ސަރުކާރުން ކުއްލި ނުކުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު އަދި މިހާތަނަށް ތަކެތީގެ އަގުތަކަށް އަސަރު ނުކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ތަކެތި ލިބުމަށް އަސަރު ކުރާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް