ކ. މާލެ
|
6 ފެބްރުއަރީ 2018 | އަންގާރަ 05:52
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
ކުއްލި ހާލަތު އިއުލާނުކުރުން
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފި
ހައްޔަރުކުރީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން
ކުއްލި ހާލަތާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބާރުތައް ވަނީ ހިފަހައްޓާފަ
ދެބޭފުޅުންވެސް ވަނީ ދޫނިދޫއަށް ގެންގޮސްފަ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސައީދާއި، އެ ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދު ހައްޔަރުކޮށްފިއެވެ.

މި ދެބޭފުޅުން ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެރޭ ފަތިސްވާން ގާތްވެފައިވަނިކޮށް، ސުޕްރީމް ކޯޓު ހުންނަ ތީމުގޭ އިމާރާތުންނެވެ.

އުއްތަމަ ފަނޑިޔާރު ސައީދާއި، ފަނޑިޔާރު އަލީ ޙަމީދު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން މި ދެބޭފުޅުން ހައްޔަރުކުރީ ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް ކަމަށެވެ.

ދިވެހިރާއްޖޭގެ އެންމެ އިސް ފަނޑިޔާރާއި، އެންމެ އިސް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށްފައި ވަނީ، ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ސުޕްރީމް ކޯޓުގެ ބައެއް ބާރުތަކާއި، ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނުގެ ބައެއް މާއްދާތަކާއި، އަދިވެސް އެހެނިހެން ބައެއް ޙައްޤުތައް ހިފެހެއްޓުމަށްފަހުއެވެ.

އުއްތަމަފަނޑިޔާރު ސައީދާއި، ފަނޑިޔާރު އަލީ ޙައްޔަރުކޮށްފައިވަނީ ގިނަ އިރުތަކެއްވަންދެން ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓުގައި ހަރަކާތްތެރިވެ، އެ ކޯޓު ބަލައި ފާސްކުރުމަށްފަހުއެވެ.

މި ދެބޭފުޅުން ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ދޫނިދޫގައި ހުންނަ ފުލުހުންގެ ޑިޓެންޝަން ސެންޓަރަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް