ކ. މާލެ
|
6 ފެބްރުއަރީ 2018 | އަންގާރަ 18:20
އެންދެރިމާގެ
އެންދެރިމާގެ
އަލީ ޔޫސުފް
ރައީސް މައުމޫން
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކޮށްފި
މައުމޫން ހައްޔަރުކޮށްފައިވަނީ ގޭގެ ދޮރު ވައްޓާލައިގެން
ސާބިތުވެ ތިބުމަށް މައުމޫނު ވިދާޅުވި
ގައުމުގައިވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކޮށްފި އެވެ.

ފުލުހުން ރައީސް މައުމޫން ހައްޔަރުކޮށްފައިވާ އިރު ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ހައްޔަރުކުރުމަށްފަހު ދޫނިދޫއަށް ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

 ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް އެ މެންބަރުންނާ ގުޅިގެން ވެރިކަން ވައްޓާލަން އުޅުއްވާ ކަމަށް ބުނެ އެވެ. ރައީސް މައުމޫންގެ ފޯނުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

 ފުލުހުން މ. އެންދެރިމާގެ އަށް ވަދެފައިވަނީ ދޮރު ހަލާކު ކޮށްލައިގެންނެވެ. ގިނަ އަދަދެއްގެ ފުލުހުން ދަނީ އެންދެރިމާގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ސަރުކާރުން ހޯމަ ދުވަހުގެ ރޭ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ 15 ދުވަހަށެވެ. މި ހާލަތު އިއުލާނު ކުރީ ގާނޫނުއަސާސީގެ ބޭނުން ކެނޑިގެންދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ބުނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް