ކ. މާލެ
|
5 ފެބްރުއަރީ 2018 | ހޯމަ 23:51
ކުއްލި ހާލަތު އިޢުލާނު ކުރުމާ ގުޅިގެން ފުލުހުން ސުޕްރީމް ކޯޓު ސަރަޙައްދުގައި ހަރަކާތްތެރިވަނީ
ކުއްލި ހާލަތު އިޢުލާނު ކުރުމާ ގުޅިގެން ފުލުހުން ސުޕްރީމް ކޯޓު ސަރަޙައްދުގައި ހަރަކާތްތެރިވަނީ
އަހްމަދު ސާއިފް ޝިޔާދް
ކުއްލި ނުކުރައްކަލުގެ ހާލަތު
މިތިބީ ދިވެހި ރައްޔިތުންނާ އެކު، ދުނިޔެ ތިބީ ބަލަހައްޓައިގެން: ވައިޓްހައުސް ސެކިއުރިޓީ ކައުންސިލް
އެމެރިކާ އިން ވަނީ ޤާނޫނަށް ތަބާވުމަށް ސަރުކާރަށް އަންގާފައި
ދިމިޤުރާތީ މުއައްސަސާތަކަށް އިޚުތިރާމްކުރަން ޖެހޭނެ ކަމަށް ވެސް ވަނީ އަންގާފައި

އެމެރިކާ އޮތީ ދިވެހި ރައްޔިތުންނާ އެކު ކަމަށް އެމެރިކާގެ ވައިޓްހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން ބުނެފިއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާ ގުޅިގެން، ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، އެމެރިކާ އޮތީ ދިވެހި ރައްޔިތުންނާ އެކު ކަމަށެވެ. އަދި ދިވެހި ސަރުކާރާއި އަސްކަރިއްޔާ އިން، ޤާނޫނުތަކަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށާއި، ދިމިޤުރާތީ މުއައްސަސާތަކަށް އިޚުތިރާމްކުރަން ޖެހޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ކައުންސިލްގެ ޓްވީޓްގައި ބުނެފައި ވަނީ، ދުނިޔެ އޮތީ ބަލަން ކަމަށެވެ.

ވައިޓްހައުސްގެ ޤައުމީ ސަލާމަތާ  ބެހޭ ކައުންސިލުން ރާއްޖެ އާއި ގުޅޭ ގޮތުން މިފަދަ ޓްވީޓެއް ކޮށްފައިވާއިރު، މިއީ އެ ކައުންސިލުން ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި މިފަދަ ޓްވީޓެއް ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސީދާ އެމެރިކާގެ ސަލާމަތާއި ރައްކާތެރި ކަމަށް އަސަރު ނުކުރާ ފަދަ ކަމެއްގައި އެ ކައުންސިލުން، އެހެން ޤައުމެއްގެ ދާހިލީ ކަމަކާ ގުޅޭ ގޮތުން ބަސް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާ ސަރުކާރުގެ އިސް ފަރާތްތަކުން ކޮށްފައިވާ ބައެއް ޓްވީޓްތައް އެ ކައުންސިލުން ވަނީ ރީޓްވީޓް ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހޯމަ ދުވަހުގެރޭ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރެއްވިއިރު، ޤާނޫނު އަސާސީން އެމަނިކުފާނަށް ލިބިދޭ ބާރުގެ ބޭރުން، ބައެއް ޙައްޤުތައް ހިފަހައްޓައި، ބައެއް މުއައްސަސާތައް ވަގުތީ ގޮތުން ހުއްޓުމަކަށް ގެނެސްފައި ވާތީ، އެ އަމުރަކީ ޣައިރުޤާނޫނީ އަމުރެއް ކަމަށް ޤާނޫނީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް