ކ. މާލެ
|
5 ފެބްރުއަރީ 2018 | ހޯމަ 21:51
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ކުއްލި ހާލަތު އިއުލާނުކުރުން
ސުޕްރީމް ކޯޓުގެ ދޮރުތައް ސަލާމަތީ ބާރުތަކުން ބަންދުކޮށްފި
ކުއްލި ހާލަތު އިއުލާނުކޮށްފައިވަނީ 15 ދުވަސް

ސުޕްރީމް ކޯޓުގެ ދޮރުތައް ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނު ސުއޫދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ހުސްނު ސުއޫދު ވިދާޅުވީ، ގައުމުގެ ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓުގެ ބޭރު ހުރިހާ ދޮރެއް ބަންދުކޮށްފައިވާ ކަމަށެވެ. ފަނޑިޔާރުން ތިއްބެވީ ވެސް ކާނެ އެއްޗެއް ނެތި ކަމަށް ސުއޫދު ވިދާޅުވި އެވެ.

ހުސްނު ސުއޫދު މިހެން ވިދާޅުވެފައިވާ އިރު ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ 15 ދުވަހަށެވެ. މި ހާލަތު އިއުލާނު ކުރީ  ގާނޫނުއަސާސީގެ ބޭނުން ކެނޑިގެންދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް