ކ. މާލެ
|
5 ފެބްރުއަރީ 2018 | ހޯމަ 20:43
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސް މައުމޫން މިނިވަން ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި
ކްރިމިނަލް ކޯޓުން ސުޕްރީމް ކޯޓުގެ އަމުރަށް ވެސް ރިޔާއަތް ކޮށްފައިވޭ
ފާރިސް ދެ ފަހަރެއްގެ މަތިން ހައްޔަރު ކޮށްފައިވޭ
ހަ މަސްދުވަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރަން ޖެހުނު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލްކޮށް، ފާރިސް މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ހޯމަ ދުވަހު އަމުރު ކޮށްފިއެވެ.

ފާރިސްގެ ބަންދުގެ އަމުރު ބާތިލްކޮށް، ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ މއ. ކިނބިގަސްދޮށުގެ، އަހުމަދު ފާރިސް މައުމޫން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް 27 ޖަނަވަރީ 2018 ގައި ކުރިމިނަލް ކޯޓުން ކޮށްފައިވާ ކޯޓު އަމުރު ބާޠިލްކޮށްފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01  ކޯޓު އަމުރުން އަހުމަދު ފާރިސް މައުމޫން ވަގުތުން ދޫކޮށް މިނިވަން ކުރުމަށް އަމުރުކުރައްވާފައިވާތީ، އަހުމަދު ފާރިސް މައުމޫން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ނަންބަރު 145-J/MD/2018/259 ކޯޓު އަމުރު ބާޠިލްކޮށް، އަހުމަދު ފާރިސް މައުމޫން ވަގުތުން ދޫކޮށް މިނިވަންކުރުމަށް ކުރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލީހުގެ އިއްތިފާޤުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށްއަންގާ އަމުރުކޮށްފިއެވެ." ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވާ އަމުރުގައި ބުނެފައި ވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް