ކ. މާލެ
|
5 ފެބްރުއަރީ 2018 | ހޯމަ 09:44
ޑިޕާޓްމަންޓް އޮފް ޖުުޑީޝަލް އެޑްމިނިސްޓްރޭޝަން
ޑިޕާޓްމަންޓް އޮފް ޖުުޑީޝަލް އެޑްމިނިސްޓްރޭޝަން
ޓްވިޓަރ
ޑީޖޭއޭ
ސުޕްރީމް ކޯޓުން އިންޑިއާގެ އެހީތެރިކަމަށް ނޭދޭ: ޑީޖޭއޭ
ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުންދާ ޑީޖޭއޭގެ ސްޕޯކްސްޕަރސަން ފައިސަލް އާދަމް ވިދާޅުވީ އިންޑިއާގެ އެހީތެރިކަމަށް އެދިފައިނުވާނެ ކަމަށް
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އިސް އޮފިޝަލަކާއި ހަވާލާދީ ކަމަށް ބުނެ

ސުޕްރީމް ކޯޓާއި ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހަނގުރާމަ އިއުލާން ކުރައްވާފައިވާ ކަމަށާއި، އެކަމާއި ގުޅިގެން އެ ކޯޓުން އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެކަމަށް އެ ގައުމުގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ ދަ ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވާ ޚަބަރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޮގުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުންދާ ޑީޖޭއޭގެ ސްޕޯކްސްޕަރސަން ފައިސަލް އާދަމް ވިދާޅުވީ  އިންޑިއާގެ އެހީތެރިކަމަށް އެދިފައިނުވާނެ ކަމަށާއި އެއީ ދޮގުޚަބަރެއް ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އިސް އޮފިޝަލަކާއި ހަވާލާދީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުގެ އިސް އޮފިޝަލަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ކޯޓުގެ ފަނޑިޔާރުންނާއި ދެކޮޅަށް މައްސަލަ ހުށަހަޅުއްވައި އެ ފަނޑިޔާރުން އެ މަގާމުން ވަކިކުރައްވަން ކަމަށެވެ. އެކަމާއި ގުޅިގެން އިންޑިއާ އާއި އެހެނިހެން ޑިމޮކްރެޓިކް ގައުމުތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް އެ އޮފިޝަލާއި ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި ރާއްޖޭގައި ގާނޫނު ތަންފީޒުކުރުމަށް މަގުފަހި ކުރުމުގެ ގޮތުން އިންޑިއާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް އެދިފައިވާކަމަށްވެސް ނަން ހާމަނުކުރާ ސުޕްރީމްކޯޓުގެ އޮފިޝަލާއި ހަވާލާދީ އެނޫހުގައި ވަނީ ބުނެފައެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ނޫހަށް މައުލޫމާތު ދެއްވި އޮފިޝަލަކީ ނުހައްގުން ހައްޔަރުކުރެވި ޝަރީއަތްކުރެވިފައިވާ ބައެއް ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުއްވިއިރު އެކަމުގައި ވަރަށް ގާތުން ހަރަކާތްތެރިވި ބޭފުޅެކެވެ.

އެހެން ނަމަވެސް ފައިސަލް ވަނީ އެފަދަ ކަމެއް ހިނގާފައިވާކަން ދޮގުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް