ކ. މާލެ
|
5 ފެބްރުއަރީ 2018 | ހޯމަ 09:30
ހުސެއިން ރަޝީދު
ހުސެއިން ރަޝީދު
ޓްވިޓަރ
މަގާމުން އިސްތިއުފާދެއްވުން
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވާފައި ވަނީ އެންމެ މަތީ ކޯޓުން ކުރި އަމުރާ ގުޅިގެން ކަންތައް ކުރަމުންދާ ގޮތުން ސުވާލު އުފެދޭތީ

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ރަޝީދު މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެޑްރެސްކޮށް ހުސެއިން ރަޝީދު ފޮނުއްވި ސިޓީގައި ވަނީ މުއައްސަސާތަކުގެ މައްޗަށް އެންމެ މަތީ ކޯޓުން ކުރެވުނު އަމުރާ ގުޅިގެން ކަންތައް ކުރެވެމުންދާ ގޮތުން ސުވާލު އުފެދޭ މައްސަލަތަކަށް ޖަވާބު ނުލިބި ދިގުލައިގެން ދިއުމަކީ އެބޭފުޅާގެ ޟަމީރަށް ގަބޫލުކުރަން ދަތި ކަމަކަށް ވާތީ މިއަދުން ފެށިގެން މާޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެ މަޤާމުގެ އިތުރުން ނޭޝެނަލް ޑްރަގް އެޖެންސީގެ ބޯޑު މެމްބަރު ކަމުންނާއި މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ޤައުމީ ފަންޑްގެ ގަވަރނިން ބޯޑުގެ ވައިސް ޗެއަރގެ މަޤާމުން ވެސް ހުސެއިން ރަޝީދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ހުސެއިން ރަޝީދު ވަނީ އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި އޭނާގެ ޓުވިޓަރ އެކައުންޓުން ވެސް ވަނީ އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރައްވާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް