ކ. މާލެ
|
5 ފެބްރުއަރީ 2018 | ހޯމަ 09:00
އަލީ މައުރޫފު
އަލީ މައުރޫފު
ޓްވިޓަރ
އަލީ މައުރޫފު
ރައްޔިތުންގެ މަޖިލީހަކަށް ވެސް ރައީސް ޔާމީން އަޒުލުކުރެއްވޭނެ އެއްވެސް ގޮތެއް ނޯންނާނެ: މައުރޫފު
މައުރޫފު ވިދާޅުވީ ރައީސް ޔާމީން އަޒުލު ކުރެއްވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް
ރައީސް ޔާމީން އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން ބޭރުވެވަޑައެއް ނުގަންނަވާ

ރައީސް ޔާމީން އަޒުލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓު އެލެޔަންސް (އެމްޑީއޭ) އަކުން ނުދޭނެ ކަމަށް އެޕާޓީގެ ނާއިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ ރައީސް ޔާމީން އަޒުލު ކުރެއްވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހަކަށް ވެސް ރައީސް ޔާމީން އަޒުލުކުރެއްވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. މައުރޫފު ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ގާނޫނާ ޚިލާފަށް ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

"2013 ގައި މިގައުމަށް ގެނައި ރައީސަކީ ރައީސް ޔާމީން. ދިވެހިރާއްޖޭގެ އެމަނިކުފާނު ހަވާލު ވުމަށް ފަހު ކުރެއްވި ހުވަޔާއި އެއްގޮތަށް މިއަދާއި ހަމައަށް ވެސް އެމަނިކުފާނު ކަންތައްތައް ކުރައްވަމުން އެގެންދަވަނީ އެހެންވީމާ ރައީސުލް ޖުމްހޫރިއްޔާ އަޒުލުކުރެއްވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ،" މައުރޫފު ވިދާޅުވިއެވެ.

މާޒީވެދިޔަ ސަތޭކަ ވެރިންނަށް ނުކުރެވުނު ސަތޭކަ އެތަށް ކަންތަކެއް ރައީސް ޔާމީނަށް ކުރެވިފައިވާ ކަމަށް މައުރޫފު ވިދާޅުވިއެވެ. މައުރޫފު ވިދާޅުވީ ރައީސް ޔާމީން އިސްލާމް ދީނުގެ ހައްދެއްގެ ތެރެއަށް ރައީސް ޔާމީން އަރާވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނު ދީނުގެ ހުދޫދުގެ ތެރެއިން ބޭރު ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދާު ދާއިރާގެ މެމްބަރު މައުރޫފު މިހެން ވިދާޅުވެފައި ވާއިރު ރާއްޖޭގެ ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ވަކިހާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކިކުރެވިދާނެ ކަމަށް ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް