ކ. މާލެ
|
4 ފެބްރުއަރީ 2018 | އާދީއްތަ 22:59
ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކުގެ ބަދަލުގައި ބަންޑާރަ ނައިބު އަންގަވާ ގޮތަށް އަމަލުކުރާނެ ކަމަށް ސަލާމަތީ ހިދުމަތްތަކުން ވަނީ ބުނެފައި
ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކުގެ ބަދަލުގައި ބަންޑާރަ ނައިބު އަންގަވާ ގޮތަށް އަމަލުކުރާނެ ކަމަށް ސަލާމަތީ ހިދުމަތްތަކުން ވަނީ ބުނެފައި
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު އަމުުރު
ސުޕްރީމް ކޯޓާ ދެކޮޅަށް ރައީސް ހަނގުރާމަ އިއުލާނުކުރައްވައިފި، ކޯޓުން އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ!
ސުޕްރީމް ކޯޓުގެ ބާރުތައް ކަނޑުވާލުމަށްފަހު މިލިޓަރީ ވެރިކަމަކާއި ދިމާލަށް ރައީސް ޔާމީން ވަނީ މިސްރާބު ޖައްސަވާފައި
ގާނޫނު ތަންފީޒުކުރުމަށް މަގުފަހި ކުރުމުގެ ގޮތުން އިންޑިއާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް ވަނީ އެދިފައި
ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތު ދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ އިސް އޮފިޝަލެއް

ސުޕްރީމް ކޯޓާއި ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަނގުރާމަ އިއުލާނުކުރައްވައިފި ކަމަށާއި އެކަމާއި ގުޅިގެން އެ ކޯޓުން އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެކަމަށް އެ ގައުމުގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ ދަ ޓައިމްސް އޮފް އިންޑިއާއިން ބުނެފިއެވެ.

އެ ނޫހުގައި ޝައިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ސުޕްރީމް ކޯޓުގެ ބާރުތައް ކަނޑުވާލުމަށްފަހު މިލިޓަރީ ވެރިކަމަކާއި ދިމާއަށް ރައީސް ޔާމީން މިސްރާބު ޖައްސަވާފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ އިސް އޮފިޝަލަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ރައީސް ޔާމީން މަސައްކަތް ކުރައްވަމުންދަނީ އެ ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް މައްސަލަ ހުށަހަޅުއްވައި އެ ފަނޑިޔާރުން އެ މަގާމުން ވަކިކުރައްވަން ކަމަށެވެ. އެކަމާއި ގުޅިގެން އިންޑިއާ އާއި އެހެނިހެން ޑިމޮކްރެޓިކް ގައުމުތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް އެ އޮފިޝަލާއި ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ހަމައެހެންމެ ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހުސެއިންގެ ގެކޮޅު ރިޝްވަތުގެ ތުހުމަތުގައި ބަލާ ފާސްކުރެވިފައިވާ ކަމަށާއި މިފަދަ ކަންކަމާއި ގުޅިގެން ރާއްޖޭގައި ގާނޫނު ތަންފީޒުކުރުމަށް މަގުފަހި ކުރުމުގެ ގޮތުން އިންޑިއާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް އެދިފައިވާކަމަށްވެސް އެ އޮފިޝަލް ވަނީ މި ނޫހަށް ދެއްވި އިންޓަވިއުގައި ފާހަގަކުރައްވާފައެވެ. ހަސަން ސައީދުގެ ގެކޮޅު ބަލާ ފާސްކޮށް އެމަނިކުފާނު ހައްޔަރުކުރެއްވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ވަނީ ހޮނިހިރު ދުވަހު ބާތިލުކޮށްފައެވެ. އެ އަމުރު ބާތިލްކުރީ އެ އަމުރު ތަންފީޒު ކުރަމުން ދިޔައީ ގާނޫނީ އިޖުރާއަތާއި ހިލާފަށް ކަމަށްވާތީއެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ނޫހަށް މައުލޫމާތު ދެއްވި އޮފިޝަލަކީ ނުހައްގުން ހައްޔަރުކުރެވި ޝަރީއަތްކުރެވިފައިވާ ބައެއް ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުއްވިއިރު އެކަމުގައި ވަރަށް ގާތުން ހަރަކާތްތެރިވި ބޭފުޅެކެވެ. ނިއު ދެއްލީގައި ތިއްބެވި މަސްދަރުތަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ރާއްޖޭގައި ތިއްބެވި އިންޑިއާގެ މިޝަނުން މި މައްސަލައިގައި މަޝްވަރާކުރައްވަން ޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ސުޕްރީމް ކޯޓުގެ އިސް އޮފިޝަލާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ލިޔެފައިވަނީ މި ސަރުކާރުގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މެދުވެރިކުރައްވައި ރައީސް ޔާމީން ހުކުމް ތަންފީޒުކުރެއްވުމުގެ ހުރިހާ މަސައްކަތެއް ކުރައްވަމުންދާ ކަމަށް ބުނެ ބޭރުދުނިޔެއަށް އަސްލު ކަންތައްތައް ހިނގަމުންދާ ގޮތް އޮޅުވާލާފައިވާ ކަމަށެވެ.

ހަމައެހެންމެ ސަރުކާރުން ނުހައްގުން ޝަރީއަތްކޮށް ޖަލަށްލެއްވި ހުރިހާ ސިޔާސީ ލީޑަރުންގެ ޝަރީއަތްތަކަކީ ވެސް ސިޔާސީ ނުފޫޒާއެކު ހިންގަވާފައިވާ ޝަރީއަތްތަކެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް މި އޮފިޝަލް ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި އެ ހުރިހާ ކަމަކަށް ވެސް ސީދާ ޖަވާބެއް ދެއްވާފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތުދެއްވި އެ ކޯޓުގެ އިސް އޮފިޝަލަކާއި ހަވާލާދީ ލިޔެވިފައިއެވެ.

އިންޑިއާގެ މީޑިއާތަކުން ރާއްޖޭގެ ސުޕްރީމް ކޯޓުން އެ ގައުމުގެ އެހީއަށް އެދިފައިވާ ކަމަށް ބުނެފައިވާއިރު ރާއްޖެއެމްވީއަށް މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބަހެއް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް