ކ. މާލެ
|
4 ފެބްރުއަރީ 2018 | އާދީއްތަ 16:42
ޖެރަޑް ޖެންސަރ
ޖެރަޑް ޖެންސަރ
ރާއްޖެއެމްވީ
ސުޕްރީމް ކޯޓު އަމުުރު
އޭޖީ އަނިލްއާ ޖެނެރަލް ޝިޔާމް އަދި ޕޮލިސް ކޮމިޝަނަރު ނަވާޒްއާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ: ޖެރެޑް ޖެންސަރ
ޖެންސަރ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައި

ރައީސް ޔާމީން ސަރުކާރުގެ ބަންޑާރަނައިބް މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް އަދި ޕޮލިސް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ނަވާޒްއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ޖެރަޑް ގެންސަރ ވިދާޅުވެއްޖެއެވެ.

ޖެންސަރ ކުރެއްވި ޓްވީޓެއްގައި ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް އެ ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށާއި އެހެންކަމުން އެ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ނުހައްގުން ޝަރީއަތް ކުރެވިފައިވާ ސިޔާސީ ނުވަ ހައްޔަރީން ދޫކޮށްލަން އަމުރުކޮށްފައިވާއިރު ސަރުކާރުން ދެއްވި ބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖައްސަވައި އެ އަމުރު ތަންފީޒު ކުރުމަށް ދެކޮޅުހަދާ ރާގެއްގައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން ވާހަކަ ދައްކަވަމުން މި ތިން ބޭފުޅުން އެކުގައި ދެއްވި ބަޔާނެއްގައި އެޓާނީ ޖެނެރަލް އަނިލް ވިދާޅުވީ ރައީސް ޔާމީން މަގާމުން އަޒުލުކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފާނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށާއި އެފަދަ އަމުރެއް ނެރެފި ހާލަތެއްގައި ވެސް އެ އަމުރަށް ތަބާވެވަޑައިނުގަންނަވާނެ ކަމަށެވެ. އޭޖީގެ މި ބަސްފުޅަށް ތާއިދުކުރައްވާ ޖެނެރަލް ޝިޔާމް އަދި ޕޮލިސް ހިންގެވުމާއި ހަވާލުވެ ހުންނެވި ނަވާޒް ވަނީ މިފަދަ އަމުރެއް ތަންފީޒު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ނުކުރައްވާނެ ކަމަށާއި އެފަދަ ހާލަތެއްގައި އެ ދެ މުއައްސަސާ އިން މަސައްކަތްކުރައްވާނީ ބަންޑާރަ ނައިބުގެ އިރުޝާދާއެކު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް