ކ. މާލެ
|
4 ފެބްރުއަރީ 2018 | އާދީއްތަ 11:19
 މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
 މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
އަބްދުﷲ ޝާހިދު
އަނިލް ހުންނެވީ ގާނޫނު އަސާސީއަށާއި ދިވެހި ރައްޔިތުންނަށް ޚިޔާނާތްތެރި ވެފައި: ޝާހިދު
އަނިލްގެ ގާނޫނީ ހައިސިއްޔަތު ވަނީ ގެއްލިފައި ކަމަށް ވިދާޅުވި
ފަހަތަށް ޖެހިވަޑައިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ޝާހިދު ވަނީ ގޮވާލައްވާފައި

ރާއްޖޭގެ ބަންޑާރަނައިބު މުހައްމަދު އަނިލް ހުންނެވީ ގާނޫނޫއަސާސީއަށާއި ދިވެހި ރައްޔިތުންނަށް ޚިޔާނާތްތެރިވެފައި ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ކުރިއަށްގެންދާ ލައިވް ކަވަރޭޖަށް ރައްޔިތުންގެ ޝާހިދު ވިދާޅުވީ ގާނޫނީ ބަންޑާރަނައިބުގެ ހައިސިއްޔަތެއް ނެތް ކަމަށާއި އަނިލްގެ ގާނޫނީ ހައިސިއްޔަތު ވަނީ ގެއްލިފައި ކަމަށެވެ. ޝާހިދު ވިދާޅުވީ މި ދައުލަތަކީ ހަމައެކަނި އަނިލްގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ނޫން ކަމަށާއި މި ދައުލަތަކީ ގާނޫނު އަސާސީގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ކަމަށެވެ. އެހެން ކަމުން ފަހަތަށް ޖެހިވަޑައިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

"ދައުލަތުގެ ތިންބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބުނަމުން ދަނީ ސަރުކާރުން އަމަލުކުރަމުންދަނީ ގޯސްކޮށޭ. އަނިލް ވެސް ޖެނެރަލް ޝިޔާމު ވެސް ނަވާޒު ކުރަންވީ ކަމަކީ ކޯޓުގެ އަމުރަށް ތަބާވަންވީ" ޝާހިދު ވިދާޅުވިއެވެ.

ބަންޑާރަނައިބު ވެސް އަދި ކޮންމެ ދިވެހި ރައްޔިތަކު ވެސް ގާނޫނު އަސާސީއަށް ތަބާވާން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވެ ކުރިއަށް ދާކަމުގައި ވާނަމަ މުޅި ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ވެގެންދާނެ ކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް ސުޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރަންވީ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރަހީނު ކޮށްފައިވާ ސިޔާސީ ލީޑަރުން ވަގުތުން ވަގުތަށް ދޫލޮށްލުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. 

ޝާހިދު ވިދާޅުވީ ވަކި ހިސާބަކުން ގާނޫނީ ވެރިކަން ހިނގާނެ ކަމަށާއި ޖެނެރަލް ޝިޔާމާއި އެހެނިހެން ޖެނެރަލުން ވެސް ވިސްނަވަންވީ ގާނޫނީ ވެރިކަން އަރާ ހަމަކުރާނެ ކަމަށެވެ. އެހެންކަމުން މިދައުލަތް އަނބުރާ ގާނޫނީ އިމުގެ ތެރެއަށް ގެނެސްދެއްވުމަށް ވަނީ ގޮވާލައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް