ކ. މާލެ
|
4 ފެބްރުއަރީ 2018 | އާދީއްތަ 03:51
ޕީޕީއެމްގެ އެއްވުމެއްގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ
ޕީޕީއެމްގެ އެއްވުމެއްގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ޕީޕީއެމް ނޫސް ކޮންޕަރެންސް
މައުމޫނު ހައްޔަރުކުރަން ހުށަހަޅާނެކަމުގެ އިޝާރާތެއް ޕީޕީއެމްއިން ދީފި
ރައީސް މައުމޫނުގެ މައްސަލަ ބަލަން ގޮވާލައި ބަޔާނެއް ވެސް ވަނީ ނެރެފައި
ރައީސް މައުމޫނު ސުޕްރީމް ކޯޓަށް ނުފޫޒުފޯރުވި ކަމަށް ތުހްމަތު ކުރަނީ ޒައިދުލް އަމީނާ ހަވާލާދީ
ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުނުކޮށް ގިނަ ބަހަނާތަކެއް ސަރުކާރުން ދަނީ ދައްކަމުން

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައި، އެމަނިކުފާނު ހައްޔަރުކުރަން އުޅޭ ކަމުގެ އިޝާރާތެއް ދީފި އެވެ.

 ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމިން ފެކްޝަންގެ ނައިބު ލީޑަރު އަބްދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ އެ ޕާޓީގެ ކައުންސިލްގެ ކުރީގެ މެންބަރު ޒައިދުލް އަމީން ދައްކާފައިވާފައިވާ ވާހަކަތައް ތަހްގީގުކޮށްދޭން ފުލުހުނަށް ހުށަހަޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޒައިދުލް އަމީން ދެއްކެވި ވާހަކައިން ރައީސް މައުމޫނު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައިވަނީ ޕީޕީއެމްގެ ހިންގުން ރައީސް މައުމޫނު އަތްޕުޅުންނަންގަވާ ޕީޕީއެމްގެ މުސްތަޝާރު، ރައީސް ޔާމިނާ ހަވާލު ކުރުމަށް ކޯޓަށް ހުށަހެޅި މައްސަލާގެ ތެރެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސައެއް ވަކި ގޮތައް ނިންމުމަށް ކަމަށެވެ.

ރައީސް މައުމޫނުގެ މައްޗަށް ތުހްމަތުކުރާ މައްސަލަ ބެލުމަށް ގޮވާލާ ޕީޕީއެމް އިން ނެރުނު ބަޔާން

ރައީސް މައުމޫނާ ގުޅޭ ގޮތުން އަބްދުލް ރަހީމް ވިދާޅުވީ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައި ހުންނާނެ ވަރު މިހާރު ހިތަށް އަރާކަމަށެވެ.

ޕީޕީއެެމްގެ އެ ނިއުސް ކޮންފަރެންސްއަށްފަހު އެ ޕާޓީން ވަނީ ރައީސް މައުމޫނު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލަ ތަހްގީގުކުރުމަށް ގޮވާލައި ބަޔާނެއްވެސް ނެރުއްވާފަ އެވެ. 

ރައީސް މައުމޫނު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ޒައިދުލް އަމީން ވިދާޅުވާ ކަމަށް ވާހަކަ ދެކެވެން ފެށުމާއެކު ރައީސް މައުމޫނު ފެކްޝަނުގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް ވަނީ މީގެ ކުރިން އެ މައްސަލައާ ގުޅޭ ގޮތުން ޒައިދުލް އަމީން އާންމުކޮށްފައިވާ ބަޔާނެއް ޓުވީޓް ކުރައްވާފަ އެވެ. އެއީ ރައީސް މައުމޫނާ ދެކޮޅަށް ބަޔާނެއް ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ޒައިދުލް އަމީން 2017 ވަނަ އަހަރު ނެރުނު ބަޔާނެކެވެ.  

ޕީޕީއެމްގެ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން މިދިޔަ އަހަރު ނެރުއްވި ބަޔާން:-އޭނާ މިހާރު ހުންނެވީ ރައީސް ޔާމިނަށް ތާއިދު ކުރައްވައިގެން

2017 ވަނަ އަހަރު ފުލުހުން ޒައިދުލް އަމީން ހައްޔަރުކުރީ އޭނާއާ އިތުރު ބަޔަކު ބައިވެރިވެގެން ވީޑިއޯ ބޭނުން ކޮށްގެން އެކި އެކި މީސްމީހުން ބްލެކްމެއިލް ކުރުމަށް ރާވައި، އެ ވީޑިއޯ މީޑިޔާއަށް ދީގެން މާލީ ގޮތުންނާއި ސިޔާސީ ގޮތުން މަންފާތަކެއް ލިބިގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހްމަތުގަ އެވެ. ނަމަވެސް އޭނާ އޭރު ނެރުނު ބަޔާނުގައި އޭރު ބުނެފައިވަނީ ތުހްމަތުކުރާ އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް ހެއްކެތް ނެތުމުން އޭނާއާ ފުލުހުން ދެން ސުވާލު ކުރީ ޕީޕީއެމްގެ އޮފީހުން ގެއްލިގެން އުޅޭ ހާޑު ޑިސްކާއި ފުލުހުން ބޭނުން ވެގެން އުޅޭ ވީޑިއޯއަކާ ގުޅޭ ގޮތުން ކަމަށް ކަމަށެވެ. އަދި އެ ހާޑް ޑިސްކްވީ ރައީސް މައުމޫނު އަތުގައި ކަމަށް ބުނެ ބަޔާން ދޭން ފުލުހުން މަސައްކަތް ކުރުވި ކަމަށް ވެސް ޒައިދުލް އަމީން އެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި އެހެންމެ އޭނާ ބަންދުގައި ހުރިއިރު ފުލުސް އޮފީހަށް ވަކީލަކާ ނުލާ އެނާ ހާޒިރުކޮށް، ސަރުކާރާ ދެކޮޅު ވަކީލަކު ގެންގުޅޭތީ އޭނާ ދޫކޮށްލުމަށާއި އެ ވާހަކަތައް އެހެން ފަރާތަކާ ހިއްސާ ނުކުރުމަށް މިހާރު ފުލުސް އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ  ނަވާޒު ވިދާޅުވި ކަމަށް ޒައިދުލް އަމީން އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުންވެސް ރައީސް މައުމޫނުގެ ބާރެއް މިހާރު ނެތް ކަމަށާއި އެމަނިކުފާނަށް ތާއިދުކުރުން ހުއްޓާލުމަށާއި އަދި މި ސަރުކާރުން ބޭނުން ކޮންމެ ވަޒީފާއެއް ލިބޭނެ ކަމަށް އޭރު ތަހްގީގަށް ގެންދިއުމަށްފަހު އަބްދުﷲ ނަވާޒު ވިދާޅުވި ކަމަށް ރައީސް މައުމޫނަށް މީގެ ކުރުން ތާއިދު ކުރެއްވި ޒައިދުލް އަމީން އޭރު ނެރުއްވި ބަޔާނުގައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް