ކ. މާލެ
|
4 ފެބްރުއަރީ 2018 | އާދީއްތަ 01:51
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އަޒުމޫން އަހުމަދު
މޯލްޑިވްސް ޕޮލިސް ސަރވިސް
އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
އެ ބޭފުޅުން ހައްޔަރު ކުރަން އެދުނީ ފުލުހުންގެ ސުވޮޓްގައި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މިއަދު ވަޒީފާއިން ވަކިކުރި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހްމަދު ސައުދީ ހައްޔަރުކުރަން ސަރުކާރުން އެދުނު ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޭފުޅުން ހައްޔަރު ކުރުމަށް އެދުނީ ފުލުހުންގެ ތެރެއިން ސުވޮޓް ފުލުހުންގެ ކިބައިންނެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދަކީ ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު ބަންދުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރު ނެރުއްވި ފަސް ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންނެވެ.

އަރީފަކީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރެއްވުމަށް މަސައްކަތް ކުރެއްވުމުން މަގާމުން ވަކި ކުރެއްވި މީހެކެވެ. އަދި ސައުދީއަކީ އޭގެ ފަހުން ޕޮލިސް ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި މީހެކެވެ.

އެ ބޭފުޅުން ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާއިރު ރަސްމީ ފަރާތަކުން އެކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ބުނެފައެއްނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް