ކ. މާލެ
|
4 ފެބްރުއަރީ 2018 | އާދީއްތަ 00:22
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރުން
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރުން
ރާއްޖެއެމްވީ
ޕީޕީއެމް ނޫސް ކޮންފަރެންސް
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގައި ގާނޫނީ ހުރަހެއް ވާނަމަ އެ ހުރަސް ނައްތާލާނަން: ޕީޕީއެމް
މިއަދު ކުރެވުނު މަސައްކަތްތަކުން ފަނޑިޔާރާ އަދި ބައްދަލެއް ނުވޭ

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގައި ގާނޫނީ ހުރަހެއްވާ ކަމުގައިވާ ނަމަ އެ ހުރަސް ނައްތާލުމުގެ ގޮތުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމާއި ނުވަތަ އާ ގާނޫނެއް ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރައްވާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ވަކި މީޑިއާތަކަށް ވަދެވޭ ގޮތަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ފަނޑިޔާރުންގެ ބެންޗް ބަދަލު ކުރާނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީން މަސައްކަތް ފެށި އިރު މަޖިލީހުގައި ވެސް މެޖޯރިޓީ ނެތް ކަމަށާއި ނަމަވެސް ފަހަތަށް ނުޖެހި ކުރި މަސައްކަތް މެޖޯރިޓީ ހޯދި ކަމަށެވެ. އަބްދުއްރަހީމް މިހެން ވިދާޅުވި އިރު ޕީޕީއެމް އަށް މަޖިލީހުގައި މިހާރު ވަނީ މެޖޯރިޓީ ގެއްލިފައެވެ. 

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ އިއްޔެ އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވުނު ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދު ކުރެވުނު މަސައްކަތްތަކުން އަދި ބައްދަލުކުރެވިފައިނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުމާ ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ އިން ދަނީ ވަރަށް ގިނަ އިން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ. ނަމަވެސް މި ބައްދަލުވުންތަކަށް ރާއްޖެ ޓީވީ ނުވައްދައެވެ. 

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 ފެބްރުއަރީ 2018 | އާދީއްތަ 00:26
ސައްޕޭ
އަޅެ ސަރުކާރުން ބަންލުލަދޭޝް މީހުންއެތެރެ ކުރެވޭގޮތް ހަދާދީބަލަ، މިއުޅެނީ މުވައްޒަފުން ގެ ދަތިކަމުން އެއްވެސް